މެލޭޝިޔާއިން ގެއްލުނު ދިވެހި ޒުވާނާ، އުސައިދު ސަލާމަތުން ހުރިކަން އެނގިފައިވާކަމަށް އުސައިދުގެ ބައްޕަ ހާމަކުރައްވައިފިއެވެ.
އަހްމަދު އުސައިދު އިބްރާހިމް އަފީފް ނަމަކަށް ކިޔާ މި ޒުވާނާ ގެއްލިގެން އާއިލާއިން ހޯދަން ފަށާފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރުން ފެށިގެންނެވެ. އަދި މިހާރު އޭނާ ގަދަވެ ސަލާމަތުން ހުރިކަން އެނގިފައިވާކަމަށް ޢާއިލާއިން ވަނީ ބުނެފައެވެ.
އުސައިދު އަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅު ދާއިރާގެ މެންބަރުކަން ކުރެއްވި އަދި އިމިގްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަން ކުރިން ކުރެއްވި އިބްރާހިމް އަފީފްގެ ދަރިކަލެކެވެ.
އުސައިދުގެ ބައްޕަ އަފީފް މިރޭ މީސް މީޑިޔާގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އޭނާގެ ދަރިފުޅު އަހްމަދު އުސައިދު ގެއްލުނީ ދޭއް މާރިޗް 2025 ވަނަ ދުވަހުގެ މެންދުރު 15:15 ހާއިރު ކަމަށެވެ. އަދި އެއީ އޭނާ އެންމެ ފަހުން ފެނުނު ވަގުތު ކަމަށާއި އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއްނުވެގެން، އެރޭ 10:00 ހާއިރު އެކަން ފުލުހުންނަށް އެންގި ކަމަށް އަފީފު ވިދާޅުވި އެވެ. އަދި ހަމަ އެދުވަހު މެލޭސިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ވެސް އެކަން އެންގި ކަމަށް އޭނާ ވިދާޅުވިއެވެ.
”މައްސަލަ ފައިލް ކުރި ހިސާބުން ފެށިގެން ޕޮލިހުންނާއި ހައި ކޮމިޝަންގެ ބޭފުޅުން އުސައިދު ހޯދުމުގެ މަސައްކަތް ފެށި، އަދި އެކިއެކި ގްރޫޕްތަކުގައްޔާއި، ހެޔޮއެދޭ ފަރާތްތަކުން އުސައިދު ފެނޭތޯ ކުރެވެންހުރި ހުރިހާމަސައްކަތެއް ހުއްޓުމެއްނެތި ކުރަމުން ގެންދިޔަކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރަން، އެގޮތުން ކުރެވުނު މަސައްކަތުން ސީސީ ކެމެރާ ފްޓޭޖް ތަކުން ލިބުނު މައުލޫމާތުންނާއި، ބައެއްމީހުންގެ ފަރާތުން ލިބުނު މައުލޫމާތުން، ހަމަ އެދުވަހު 16:00 އެހާކަށްހާއިރު، އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނު“ އަފީފްގެ ޕޯސްޓްގައި ލިއުއްވާފައިވެއެވެ.
އަފީފްގެ ޕޯސްޓްގައި ފާހަގަކުރަށްވާފައިވާގޮތުގައި، އެދުވަހަކީ ބަންދު ދުވަހަކަށްވާތީ އެމްބަސީގެ މީހަކާ ބައްދަލުވާގޮތް ނުވުމުން، އެތާނގައި ގަޑިއެއްހާއިރު މަޑުކޮށްފައި ނުކުމެގެންދިޔައިރު އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ވަނީ ބޭއްވިފައި ކަމަށާއި އިއްޔެ އެމްބަސީ ހުޅުވުމާއެކު، އެތަނުގެ ކެމެރާތައް ބަލާ ޗެކްކުރިއިރު އެހިސާބުން އުސައިދު ސަލާމަތުން ހުރިކަން އެނގިވަޑައިގެންފައިވާކަމަށެވެ.
”الحمد لله. މިއަދު 4 ވަނަދުވަހު 11 ޖެހިއިރު ހައިކޮމިޝަނުންވަނީ އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ޕޮލިސް މެދުވެރިކޮށް އަޅުގަނޑުމެންނާ ހަވާލުކޮށްފައެވެ. ނަމަވެސް އުސައިދު އަޅުގަނޑުމެންނާ އަދި ބައްދަލެއް ނުވެއެވެ. އިރާދަކުރެއްވިޔާ ވަރަށްއަވަހަށް އުސައިދުގެ ޚަބަރެއް ވާނެއެވެ. انساءالله“ އަފީފްގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.
އަފީފްގެ އިތުރަށް ވިދާޅުވީ ވަރަށް ގިނަބޭފުޅުން މިކަމާގުޅޭގޮތުން ސުވާލުކުރާތީ، އެކަންސާފުކޮށްލަދޭން ބޭނުންވީ ކަމަށާއި މިކަމުގައި އެންމެބޭފުޅުންދެއްވި އެއްބާރުލެއްވުމަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.
ވަރަށްއަވަހަށް އުސައިދާ ބައްދަލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ހެޔޮހާލުގައި އުސައިދު ހުރިކަން ކެމެރާ ތަކުން ފެންނަ ކަމަށާއި އަދި ހުރީ ރަތްކުލައިގެ ޓީޝާޓެއްލައިގެން ކަމުގައިވެސް އަފީފްގެ ޕޯސްޓްގައި ހާމަކުރަށްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު