ކުރިއާ އަޅާ ބަލާއިރު، ސައްހަ ވިސާގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ރަމަޟާން މަހާއި ދިމާކޮށް މާލޭގެ މާރުކޭޓްތަކުގައި ހުއްދަ ނެތި މަސައްކަތް ކުރާ ބިދޭސީންނަށް އަމާޒުކޮށް ހިންގި އޮޕަރޭޝަންގެ ތަފްސީލު ދެމުން މިއަދު އިމިގްރޭޝަނުން ބުނީ، ރޯދަމަހާއި ދިމާކޮށް މާލޭގައި ހިންގާ މާރުކޭޓްތަކުގައި ބިދޭސީންގެ އަތްގަދަކޮށް ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ކަމުގެ ރިޕޯޓްތައް އިމިގްރޭޝަން ވޮޗަށް ލިބިފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާއަށް ލިބުނު މައުލޫމާތާއި ގުޅިގެން މާލެ ތެރޭގައި ހިންގަމުންދާ ކުދި މާރުކޭޓްތައް ބަލާ ފާސްކުރިއިރު، ފަސް ތަނަކުން ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
މި އޮޕަރޭޝަންގައި ލޯކަލް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓުވެސް ބަލައިފާސްކުރި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި މި އޮޕަރޭޝަން ފެށުުމުގެ ދެ ދުވަސް ކުރިން އެ އިދާރާގެ އޮފިސަރުން ސިއްރުން، ބިދޭސީން ތިބި ގޮޅިތައް ދެނެގަނެފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި ފެބްރުއަރީ 24 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާ އަނެއްކާވެސް އެ ގޮޅިތައް ބަލާ ފާސްކޮށް، އެ މީހުންގެ ލިޔެކިޔުންތައް ސާފްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން ބަލާ ފާސްކުރިއިރު، ސައްހަ ވިސާގައި އެ ބިދޭސީއަކު މަސައްކަތް ކުރަން ޖެހޭ ތަނުގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު ގިނަކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
"ކުރިއާ އަޅާ ބަލާއިރު، ސައްހަ ވިސާގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަ ކަން ފާހަގަކޮށްލަން،" އިމިގްރޭޝަނުން ބުންޏެވެ.
ވެރިކަމާއި ހަވާލުވި ފަހުން މި ސަރުކާރުން އަންނަނީ ރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްލު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ. މިގޮތުން ސައްހަ ވިސާނެތި މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމާއި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ، ފުރުވާލުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ. އަދި ބިދޭސީން ގަވާއިދަށް ފެއްތުމަށްޓަކައި ހާއްސަ އޮޕަރޭޝަނެއްވެސް ދަނީ ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު