ރެޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަރިޔަމް ވިސާާމް އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އިސްތިއުފާ ދެއްވިކަން ވިސާމް ވަނީ ބައެއް މީޑިޔާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ. ވިސާމް ވިދާޅުވީ އިސްތިއުފާ ދެއްވީ މި ހަފްތާ ތެރޭގައި ކަމަށެވެ. ރަޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމަށް މަރިޔަމް ވިސާމް އައްޔަންކުރީ ޖެނުއަރީ 4، 2014 ގަ އެވެ.
މަރްޔަމް ވިސާމަކީ، އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކްއީންސްލެންޑުން ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ބެޗެލާޒް ޑިގްރީ ހާސިލު ކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޮދަންބްރިއާއިން މާކެޓިންގ މެނޭޖްމަންޓުގެ ދާއިރާއިންނެވެ.
ރަޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން މަރްޔަމް ވިސާމް ހުންނެވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމުގަ އެވެ. އޭގެ ކުރިން، އެތާނގެ މެނޭޖަރު ކަމުގެ މަޤާމާއި، ޑެޕިއުޓީ މެނޭޖަރު ކަމުގެ މަގާމުވެސް އޭނާ ވަނީ އަދާކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު