ރޯދަ ހަދިޔާ އަކަށް ބ. ކަމަދޫގެ ކޮންމެ ގެއަކަށް ބިސް ކޭހެއް ދޭން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު، ސަން ސިޔާމް ނިންމަވައިފިއެވެ.

ކަމަދޫގެ ގެތަކަށް ބިސް ކޭސް ދިނުމަށް ސިޔާމް ނިންމަވާފައިވާކަން ހާމަކުރައްވާފައި ވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.

ބ. ކަމަދުއަކީ ސިޔާމް އެންމެފަހުން ކައިވެނި ބައްލަވައިގަތް އާމިނަތު ޒާރާ ނިސްބަތްވެވަޑައިގަންނަވާ ރަށެވެ. ސިޔާމް ވަނީ މީގެކުރިން އެރަށު ރައްޔިތުންނަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކޮށްދިނުމަށް ނިންމަވައި ކަމަދޫ ކައުންސިލާ ގުޅިގެން އެ މަސައްކަތްވެސް ފައްޓަވާފައެވެ.

މީގެއިތުރުން ސިޔާމް ވަނީ ވެލިދޫ ދާއިރާގެ ވެލިދޫ، ޅޮހި، ފޮއްދޫގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށްވެސް ބިސް ކޭހެއް ހަދިޔާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން