މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު
ތިމާވެއްޓަށް ގެއްލުންވާ ހުރިހާ އަމަލުތަކެއް ހުއްޓާލަން ޖެހޭ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރި ކުރަށްވައި ފޮނުއްވި މެސެޖެއްގައެވެ.

އެގޮތުން ސިޔާމް ވަނީ، ތިމާވެށި ހިމާޔަތްކުރުމުގައި ގައުމީ ފެންވަރުގައި އަޅާ ފިޔަވަޅުތަކަށް އެކަނި ބާރޯސާވުމުގެ ބަދަލުގައި، ފަރުދީ ޒިންމާ އުފުލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ތިމާވެއްޓަށް ގެއްލުންވާ ފަދަ ކަންކަން ކުރުން ވަގުތުން ހުއްޓާލުމަށް ސިޔާމް ގޮވާލައްވާފައިވެއެވެ.

ހަމައެއާއެކު ސިޔާމް ވިދާޅުވީ، ތިމާވެއްޓާމެދު އެއްވެސް ވަރަކަށް އިހުމާލު ވެވެން ނެތްކަން ގަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މޫދަށް ކުނި އެޅުމާއި ކުނިއެންދުމާއި ގޮނޑުދޮށްތަކުން ވެއްޔާއި އަކިރި ނެގުމާއި ހޭޅިފަޅުން ރުއްގަސް ކެނޑުމުން ރާއްޖޭގެ ފަރުތައް ހަލާކުވެ، ދިރުންހުރި މުހިންމު އެތައް ބައިތަކެއް ގެއްލިގެން ގޮސްފައިވާކަމުގެ ކަންބޮޑުވުން ސިޔާމް ފާޅުކުރެއްވިއެވެ.

އެހެންކަމުން ސިޔާމް ވަނީ، ކުނި ނައްތާލުމުގައި ރައްކާތެރި ގޮތްތައް ޚިޔާރު ކުރުމަށާއި، މޫދަށް ކުނި ނޭޅުމަށާއި، ހޭޅިތަކާއި ގޮނޑުދޮށްތަކަކަށް ގެއްލުންވާ ފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ސިޔާމް މިހެން ވިދާޅުވެފައިވާއިރު، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 05 ވަނަ ދުވަހެވެ. މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީ، ދުނިޔެ ޕްލާސްޓިކުން ތަޣައްޔަރުވުން ނައްތާލުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން