އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ބާއްވާ އޮފީސްތަކުގެ ޤުރުއާން މުބާރާތް ފަށައިފިއެވެ.

މި މުބާރާތް ކުރިޔަށް ގެންދަނީ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ބެލުމުގެ ދަށުންނެވެ. މިއަހަރު ކުރިއަށްދާ މުބާރާތުގައި 24 އޮފީހަކުން 94 ބައިވެރިން ވާދަކުރެއެވެ.

މި މުބާރާތުގެ ކިޔެވުން ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކިޔެވުން ކުރިއަށް ގެންދަނީ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައެވެ.

މި މުބާރާތަކީ ރަމަޟާން މަސް އިޙްޔާކޮށް ދިރުވުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.



ކިޔުންތެރިންގެ ހިޔާލު