އަރަބި ސަމިޓުން ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭން ފާސްކޮށްފައިވާ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލް ސީސީ ވިދާޅުވެއްޖެއެވެ.
މި ޕްލޭންގެ މަގުސަދަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "މިޑްލް އީސްޓް ރިވިއާ" އެއް ހެދުމަށް ހުށަހެޅުއްވި ކަންކަމާ ދެކޮޅު ހަދައި، ފަލަސްތީނުގެ ރައްޔިތުން އެ ރައްޔިތުންގެ ބިމުގައި އަމާންކަމާއެކު ތިބުމުގެ ފުރުސަތު ހޯދައިދީ އެތަން އާރާސްތު ކުރުމަށް ހެދި ޕްލޭނެކެވެ.
ޓްރަމްޕުގެ މަކަރުވެރި ތަސައްވުރާ ހިލާފަށް 53 ބިލިއަން ޑޮލަރު ހަރަދުކުރާގޮތަށް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރު ދޫކޮށް ނުދިއުމަށް އަރަބި ލީޑަރުން އަންގާރަ ދުވަހު ފާސްކުރި އެވެ.
މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވިދާޅުވީ މިސްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި އަރަބި ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި ޣައްޒާގެ ދިފާއުގައި ހުށައެޅި ޕްލޭން ގައުމުތަކުން ބަލައިގަނެފައިވާ ކަމަށެވެ. މި ޕްލޭނުގައި ހަމާސްއިން ނެރުނު ބަޔާންތަކަށް މަރުހަބާ ކިޔާފައިވާއިރު ޕްލޭނުގައި ވަނީ އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މި ސަމިޓުގައި ސީސީ ވަނީ ޣައްޒާއަށް ކުރިމަތިވެފައިވާ ހާލަތަށް ރައީސް ޓްރަމްޕަށް ސުލްހަ ހޯދައިދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.
ސީސީ ވިދާޅުވީ ފަލަސްތީނުގެ ހަނގުރާމަ ނިމުމުން ޣައްޒާގެ ވެރިކަން ހިންގުމާ ހަވާލުކޮށްފައިވާ މިނިވަން، ޕްރޮފެޝަނަލް ފަލަސްތީނުގެ ލީޑަރުންގެ އިދާރީ ކޮމިޓީއެއް އުފެއްދުމުގައި މިސްރުން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މި ކޮމިޓީގައި ހަމާސް ޖަމާއަތުން އިސްކޮށް ނޫޅޭނެ ކަމަށް އެ ޖަމާއަތުން ވަނީ ކަށަވަރުކޮށްދީފައެވެ.
2007 ވަނަ އަހަރުން ފެށިގެން ޣައްޒާ ހިންގަމުން އަންނަ ހަމާސް އިސްލާމިސްޓް ފެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިސްރުގެ ކޮމިޓީގެ ހުށަހެޅުމަށް އެއްބަސްވާ ކަމަށެވެ.
ފަލަސްތީނު އޮތޯރިޓީ (ޕީއޭ)ގެ އިސްވެރިޔާ، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ މިސްރުގެ ޚިޔާލަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރު ދޫކޮށް ދާން ނުޖެހޭ މިފަދަ ޕްލޭނަކަށް ތާއީދު ކުރުމަށް ޓްރަމްޕަށް އިލްތިމާސް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
2005 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ވެރިކަމުގައި ހުންނެވި އައްބާސް ވަނީ ހާލަތު ތަންދޭ ނަމަ ރިޔާސީ އަދި މަޖިލިސް އިންތިޚާބު ބާއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ ޕްލޭނަކީ ފަލަސްތީނުގެ ސަރަހައްދުތަކުގައި އޮތް ހަމައެކަނި ޝަރުއީ ވެރިކަމާއި އަސްކަރީ ބާރުކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު