ޖަލު ބަލަހައްޓާ މީހުން، ޕްރިޒަން އޮފިސަރުން ހޯދަން މޯލްޑްވިސް ކަރެކްޝަންސް ސަރވިސް އިން އިއުލާންކޮށްފިއެވެ.

މި ވަޒީފާ އަށް ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 19 އާ ހަމައަށެވެ.

ޕްރިޒަންސް އޮފިސަރ ޓްރެއިނީއެއްގެ އަސާސީ މުސާރަ އަކީ މަހަކު 6050ރ. އެވެ. މީގެ އިތުރުން މަގާމު ހުވާ ކުރުމަށް ފަހު ސާވިސް އެލަވަންސްގެ ގޮތުގައި 3،500ރ. އާއި ނޮން ޕްރެކްޓިސް އަށް އަސާސީ މުސާރައިގެ 45 ޕަސެންޓާއި ލިވިން އެލަވަންސް 2،500ރ. އަދި ޔުނީފޯމް އެލަވަންސަށް 300ރ. ލިބޭނެ އެވެ.

މި މަގާމުގެ ޝަރުތުތަކަކީ އޯ ލެވެލް ހަދާފައިވުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ނުވަތަ ގްރޭޑް ދިހައެއް ނިންމާފައިވުމާއި އުމުރުން 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކަށްވުމެވެ. ޕްރިޒަންސް އޮފިސަރުން މަސައްކަތް ކުރަން ޖެހެނީ މާފުށި ޖަލާއި އައްސޭރި ޖަލުގެ އިތުރުން ހުޅުމާލެ ޖަލުގަ އެވެ.

ޕްރިޒަންސް އޮފިސަރުން ހޯދަން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ކަރެކްޝަންސް އިން އިއުލާންކުރި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން