މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން މިއަދު އެކްސްގައި ބުނީ، މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަހީރު އައްޔަންކޮށްފައިވާ ކަމަށެވެ.
ފަރުޙަތު ޝަހީރަކީ ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
މެނޭޖިން ޑިރެކްޓަރގެ މަގާމަށް އޭނާ އައްޔަނުކޮަށްފައިވަނީ، އެ މަގާމުގައި ކުރިން ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޮވް އިއްޔެ މަގާމުން ވަކިކުރުމަށްފަހުއެވެ.
މިފްކޯގެ ވެރިޔާގެ މަގާމަށް ބަދަލުތަކެއް ގެނެސްފައި މިވަނީ، އެ ކުންފުނީގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވާ، ހިންގުން ހަރުދަނާކޮށް ކުންފުނި ކޮޅަށް ޖެހުމަަށް ސަރުކާރުން މަސައްކަތްތަކެއް ކުރަން ނިންމާފައިވާކަން މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވާފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު