ސަރުކާރުގެ ފަރާތުން ދިވެހި ރައްޔިތުންނަށް ބަހަމުންދާ ރޯދަ ހަދިޔާ މި ހިނގާ މާރޗް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބަހާ ނިންމުމަށް އަމާޒު ހިފާފައިވާކަމަށް ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެެއެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، ހުވަދު އަތޮޅު އުތުރުބުރި އާއި ދެކުނުބުރިއަށް މާދަމާ ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސް ލިބޭނެ ކަމަށެވެ. އަދި އޭރުން ރާއްޖޭގެ ހުރިހައި ހިސާބަކަށް ރޯދަ ހަދިޔާ ފޯރުކޮށްދެވުނީ ކަމަށް އާދަމް ޝަރީފްގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކަށް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ބަހަމުން ގެންދާއިރު މާލެއެކޭ އެއްގޮތަށް އަތޮޅުތެރެއަށް ވެސް މަދަޅުކޭސް ބެހުމުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ވެސް މި ރަމަޟާން މަހު ރޯދަ ހަދިޔާ ބަހަނީ ރޭގަނޑު 9.30 އިން 11.30 އަށެވެ.

ކިޔުންތެރިންގެ ހިޔާލު