ވެރިރަށް މާލޭގެ މަގުތަކުގައި ހެދިފައި ހުރި ގަސްތައް ކަނޑާތީ މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މަގުތަކުގައި ހެދިފައި ހުރި ގަސްތައް މާލޭ ސިޓީ ކައުންސިލުން އެ އިރެއްގައި ހިތުހުރި ގޮތަކަށް ކަނޑާ ހެދުމަކީ ގާނޫނާއި ހިލާފަށް ކުރާ ކަމެއް ކަމަށެވެ.
"މިކަމުގައި އެ ކައުންސިލްގެ މައްޗަށް ޖިނާއީ ދައުވާ އުފުލަންޖެހޭ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި އިރު ގަސް އުފުރާލުމާއި ގަސްތައް ކެނޑުމުގެ މަސައްކަތަކީ ކައުންސިލުން ކުރުމަށް ގަސްތުކުރާ ނުވަތަ ބޭނުންވާ ކަމެއް ނޫން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފަ އެވެ.
އާޒިމް ވިދާޅުވީ ބައެއް ފަހަރަށް ބޮޑެތި ގަސްތައް ހެދިފައި ހުންނަ ގޮތުން ރައްޔިތުންގެ މުދަލަށާއި ބައެއް ގޭގޭގެ ގޯތި ތެރެއަށް ގަހުގެ ފަތް އެޅޭ ކަމަށެވެ. އަދި ގަހުގެ މޫތަކުން ޕޭމަންޓު ގާތަށް އުފުލި، ގަލުގައި އަޅައިގަނެ ވެއްޓި ގިނަ ބަޔަކަށް އަނިޔާވަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލުން ބުނީ ގަހުގެ ގޮފިތަކުން ގޭގެއަށް މީދަލާއި ދިރޭ ތަކެތި ވަންނަ ކަމުގެ ޝަކުވާތައް ވެސް ލިބެމުން އަންނަ ކަމަށެވެ. އަދި މަގުން ދަތުރުކުރާ، ބޮޑެތި ހެވީ ވެހިކަލްތައް ގަސްތަކުގެ ގޮފިތަކުގައި އަޅައިގަނެ، އެ އުޅަނދުތައް ދަރުތުކުރަން ދަތިވެ ގަހަށާއި އުޅަންދަށް ގެއްލުން ލިބި އެ ފަރާތްތަކުގެ ޝަކުވާތައް ވެސް ލިބޭ ކަމަށް ކައުންސިލުން ބުންޏެވެ.
މި މައްސަލައިގައި ވާހަކަ ދައްކަވަމުން އާޒިމް ވަނީ އުމުރުން ދުވަސްވެ ނިކަމެތިވެފައިވާ ގަސްތައް ކެނޑި ނަމަވެސް، އައު ގަސް ޖަހައި މާލެ ފެހިކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު