ރޯދައިގެ ހިކުމަތާއި ފައިދާ ހާސިލުކުރެވޭނީ ﷲ އެންގެވި ގޮތަށް ރޯދަ ހިފައިގެންކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުތުބާގައި ބުނީ ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި، އެތައް ކަމެއް އިލްމުވެރިން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ހުރިހާ ކަންކަމަކީ ވެސް، ތަގުވާވެރިކަން ހާސިލުކޮށްދޭ ކަންކަން ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.
އެހެންވެ ރޯދަ ފަރުޟުކުރެއްވުނު ހިކުމަތާއި، އޭގެ ފައިދާ ހާސިލުކުރެވޭނީ، ﷲ އެންގެވިގޮތަށް، ރޯދަ ހިފައިގެން ކަމަށް ބުނެ ރޯދަ ހިފުމުގައި ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވުމަށް ހުތުބާގައި ގޮވާލައިފައި ވެއެވެ.
ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ހިމެނޭކަމަށް ހުތުބާގައި ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނެއެވެ. އޭގެ އިތުރުން ހަރާމް ކަންތައްތަކާ ރޯދަވެރިޔާ ދުރުހެލިކުރުމާއި ރޯދަވެރިޔާގެ ކިބައިގައި ރަޙުމާއި، ކުލުނު އުފެދުން ވެސް ހިކުމަތްތަކުގެ ތެރޭގައި ފާހަގަކޮށްފައި ވެއެވެ.
"ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ، ސިއްރާއި ފާޅުގައި، ތިމާ ކުރާ އަމަލުތައް ﷲ ބައްލަވައިވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޒީބުކުރުމެވެ. ރޯދައަކީ، ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެކެވެ. ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ، މާތް ﷲގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު