ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލުމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމުން ވަކިކުރި އަޖުވަދު މުސްތަފާއަށް އަލުން އެ މަގާމަށް ހަމަޖައްސައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަަމަންޓް މިނިސްޓްރީ އެއްކޮށްލީ މިިދިޔަ މަހުގެ އެއްވަނަ ދުވަހު އެވެ. އަދި ވުޒާރާއެއް އުވުމާއެކު އެ ވުޒާރާއެއްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ގެއްލޭނެކަމަށް ބުނެފައިވާތީ އަޖުވަދާއި ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ފާތުމަތު ޝައުފާގެ މަގާމު ވަނީ ގެއްލިފަ އެވެ.
އޭގެ ފަހުން އާ މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހުޅުވާލުމުން އަޖުވަދު ކުރިމަތިލެއްވި އިރު އޭނާ މިހާރު ވަނީ ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހަމަޖައްސައިފަ އެވެ. އެކަން އެންވަޔަރަމަންޓްގެ އޮފިޝަލަކު "ރަސް" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އަޖުވަދު ކުރިން ވަނީ އެނާޖީ އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް ފުރުއްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު