މިއަހަރުގެ މިހާތަނަށް ރާއްޖެއަށްބއިންޑިއާއިން ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މިހާރު އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރެއިން 6 ވަނަ ޤައުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިހާތަނަށް ރާއްޖެއަށް 100,435 އިންޑިއާ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައިވެސް އިންޑިއާ ހިމެނެނީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުގެ ގޮތުގައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.7 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ނަމަވެސް، މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 1.8 އިންސައްތައިގެ ކުޑަ ދަށްވުމެކެވެ.
މިއަހަރުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޗައިނާގެ 326,741 ފަތުރުވެރިންނާއި، ރަޝިއާގެ 248,739 ފަތުރުވެރިންނާއި، އިނގިރޭސިވިލާތުގެ 131,996 ފަތުރުވެރިންނާއި، ޖަރުމަނުވިލާތުގެ 115,814 ފަތުރުވެރިންނާއި، އިޓަލީވިލާތުގެ 103,504 ފަތުރުވެރިން އަދި އިންޑިއާގެ 100,435 ފަތުރުވެރިން ހިމެނެއެވެ. މި ޤައުމުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރަށް އެންމެ ގިނަ ފަތުރުވެރިން ފޯރުކޮށްދޭ މުހިންމު މާކެޓުތަކެކެވެ.
މިވަގުތަށް ބަލާއިރު، ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1296 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީ 68,243 އަށް އަރާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ފުޅާ ދާއިރާއެއްގައި ކުރައްވަމުންނެވެ. މިގޮތުން، ބައިނަލްއަޤުވާމީ ރޯޑްޝޯތަކާއި އަދި ފެއަރތަކުގައި ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޤާބިލުކަމާއި ރީތިކަން ދުނިޔެއަށް ހާމަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު