ޝަރުޢީ ޢިލްމުގެ އަލިފުބާވެސް ކުރީގެ މަޖިލީސް މެންބަރު ރޮޒައިނާ އާދަމަށް އެނގިވަޑައި ނުގަންނަވާނެ ކަމަށާއި އެހެންކަމުން ދީނީ ޢިލްމުވެރިންގެ މަސައްކަތުގެ ތެރެއަށް ނުވެންނެވުމަށް ޖަމިއްޔަތުއް ޞަލަފްގެ ނައިބު ރައީސް އައްޝައިޚް އަޙްމަދު ސަމީރު ރޮޒައިނާއަށް އިލްތިމާސް ކުރަށްވައިފިއެވެ.
ޝައިޚް ސަމީރު މިފަދަ އިލްތިމާސެއް ކުރަށްވާފައި މިވަނީ ފަތުވާ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާއެއްގައި ރޮޒައިނާ ރޭ ދެއްކެވި ވާހަކަތަކެއް ކުށްވެރި ކުރަށްވައި މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ޝައިޚް ވިދާޅުވީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމަކީ ސަމާސާއެއް ކަމުގައި ހަދައިގެން ނުވާނެ ކަމަށެވެ. އެހެންކަމުން ފަތުވާ މަޖްލީހުގެ އިޚުތިޞާޞްގެ ތެރެއަށް ނުވަނުމަށް ރޮޒައިނާއަށް އިލްތިމާސް ކުރަށްވާ ކަމަށް ޝައިޚް ވިދާޅުވިއެވެ.
ހަމައެހެންމެ ދައުލަތުގެ މުއައްސަސާތަކުން ފަތުވާ މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުމީ ފަތުވާ މަޖްލީހުގެ ޤާނޫނީ ޒިންމާ ތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ޝައިޚް ވިދާޅުވިއެވެ.
އަދި އަންހެނުން ފަނޑިޔާރުކަން ކުރުމުގެ ޙުކުމް ސާފުކޮށް ދެއްވުން އެދި ރައްޔިތުން މަޖްލީހުގެ ޢިއްޒަތްތެރި މެންބަރަކު ފަތުވާ މަޖްލީހުގައި އެދިލެއްވުމުން 9 ޖުލައި 2019 ގައި އެ މަޖްލީހުން ދެއްވާފައި ފަތުވާ އަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން އެމަޖްލީހުގެ ޒިންމާގެ ތެރެއިން ދެއްވާފައިވާ ފަތުވާއެއްކަން ޝައިޚް ސަމީރު ފާހަގަ ކުރެއްވިއެވެ.
“ވީމާ ޝަރުޢީ ޢިލްމުގެ އަލިފުބާވެސް ނުދަނެތިބެ ފަތުވާ މަޖްލީހުގެ އިޚުުތިޞާޞު ތެރެއަށް ވަދެ، އެބޭފުޅުންނަށް ހަޖޫޖަހައި، ފަތުވާ މަޖްލީހުގެ ހައިބަތު ވައްޓާލައި ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުގައި ބަޔާންކުރައްވާފައިވާ ޙޫރަލްޢީންގެ ވާހަކަތައް ދެއްކުމަކީ ބޭކާރުކަމެއް ކަމުގައި ޞިފަކުރުމީ ވަރަށް ދަށުދަރަޖައިގެ ޢަމަލެކެވެ.” ޝައިޚް ސަމީރު ވިދާޅުވެފައިވެއެވެ.
އެހެންކަމުން އެފަދަ ވާހަކަތަކަކީ ދީނީގޮތުން ނުހަނު ޚުޠޫރަތްތެރި ކަންކަމަށް ވުމުގެ އިތުރުން އެއީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާ ޚިލާފު ޢަމަލަކަށް ވާތީ އެފަދަ ވާހަކަތައް ނުދެއްކެވުމަށް ޝައޚް ސަމީރު ވަނީ ރޮޒައިނާއަށް ނަޞޭޙަތްތެރިވެފައެވެ.
ރާއްޖޭގެ ފަތުވާ ކޮމެޓީން ދައްކަނީ ޙޫރުލްޢީނުންގެ ވާހަކަ ކަމަށް ވިދާޅުވެ ރޮޒައިނާ ދެއްކެވި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އަދި އެ ވާހަކަތަކާ ގުޅިގެން ޢާއްމުންގެ ޕްރެޝަރު ބޮޑުވުމުން ރޮޒައިނާ މިއަދު ވަނީ ޢާއްމުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު