ހަތަރު އަސީރުން މިނިވަންކޮށް ލުބުނާނާއެކު ބޯޑަރު މައްސަލައިގައި ސުލްހައިގެ މަޝްވަރާތައް ފަށަން ނިރުބަވެރި އިސްރާއީލުން ނިންމައިފިއެވެ.
ލުބުނާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ދޫކޮށްލި ހަތަރު ރަހީނުން މިހާރު ލުބުނާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޞޫރުގެ ހޮސްޕިޓަލަކަށް ގެންގޮސް ދަނީ ފަރުވާދެމުންނެވެ.
ހިޒްބުالله އާއި ކުރި ހަނގުރާމައިގައި އިސްރާއީލުން ރަހީނުކުރި ހަތަރު މީހަކު ލިބިފައިވާ ކަމަށް ލުބުނާނުން ކަށަވަރުކޮށްދީފައިވާއިރު، އިސްރާއީލުން ލުބުނާނާ އެކު ބޯޑަރު ކަނޑައެޅުމަށް މަޝްވަރާތައް ބާއްވަން އެއްބަސްވެފައިވާ ކަމަށް އިސްރާއީލުން ބުނެ އެވެ.
ލުބުނާނުގެ ރައީސް ޖޯސެފް އައުންގެ އޮފީހުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި ހަތަރު އަސީރުން މިހާރު މިނިވަންވެފައިވާއިރު އިތުރު ފަސް އަސީރުން މިނިވަންކުރުމަށް ވަރަށް އަވަހަށް މަޝްވަރާކުރެވިގެންދާނެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ލުބުނާނާއި އެމެރިކާ އަދި ފްރާންސްއާ އެކު ވޯކިން ގްރޫޕްތައް އުފެއްދުމަށް އެއްބަސްވެފައިވާ ކަމަށެވެ.
އެމެރިކާގެ މެދުއިރުމަތީގެ ޑެޕިއުޓީ ސްޕެޝަލް އެންވޯއީ މޯގަން އޮރްޓަގަސް ލުބުނާނުގެ ޓީވީ ޗެނަލް އަލްޖަދީދަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވޮޝިންޓަނުން ބޭނުންވަނީ "ބޯޑަރު މައްސަލަތަކަށް ސިޔާސީ ހައްލެއް" ހޯދުމަށް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އިސްރާއީލާއި ހިޒްބުالله އާއި ދެމެދު ނޮވެންބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ ބްރޯކަރަށް އެހީތެރިވި އެމެރިކާ އާއި ފްރާންސުން އެ ޕްރޮސެސް ރަނގަޅު މަގުގައި ބެހެއްޓުމަށް "ވޯކިން ގްރޫޕްތަކެއް" އުފައްދާފައިވާ ކަމަށެވެ. އަދި މި ވޯކިން ގްރޫޕްތަކުން ދެ ގައުމުގެ ބޯޑަރު މައްސަލަތަކަށް ހައްލެއް ހޯދައިދޭނެ ކަމަށް އޮރްޓަގަސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު