ވީގަން ކޮކޮނަޓް ކެރަމަލް ކަސްޓަރޑް ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:

ކަސްޓަރޑް ތައްޔާރުކުރުމަށް:

200 އެމްއެލް ކޮކޮނަޓް މިލްކް (ކާށި ކިރު - ބޯކިރު)

3 މޭޒުމަތީ ސަމުސާ ހަކުރު

2 މޭޒުމަތީ ސަމުސާ ކޯންފްލަރ

1/2 1 ސައިސަމުސާ ވެނީލާ އެކްސްޓްރޭޓް (ނޫނީ ރަހަލާވަރަށް ކުޑަ ވެނީލާ އެސެންސް ކޮޅެއް)

ކެރަމަލް ތައްޔާރުކުރުމަށް:

1/2 ކަޕް ހަކުރު

ވީގަން ކޮކޮނަޓް ކެރަމަލް ކަސްޓަރޑް ތައްޔާރުކުރާނެ ގޮތް:

ކުޑަ ތެއްޔެއްގަ ކަސްޓަރޑް ތައްޔާރުކުރުމަށް ބޭނުންވާ އެއްޗެހި ރަނގަޅަށް އެއްކޮށްލާ ވިސްކްކޮށްލާށެވެ. ރީއްޗަށް މަޑު ގިނީގައި އުނދުން މަތީ ކަސްޓަރޑް ކޮޅު އެއްކޮށްލާށެވެ. ރަނގަޅަށް ކަސްޓަރޑް އޮލަވަންދެން ކައްކާލާށެވެ. މިކަމަށް މާގިނައިރެއް ނުނަގާނެއެވެ. ދެން އެހެން ތެއްޔެއްގަ ކެރަމަލް ގަނޑު ހެދުމަށް ހަކުރު ކޮޅު ހޫނު ކުރަން އުދާލާށެވެ. ރީއްޗަށް ހަކުުރު ކޮޅު ރަތްވެ ކެރަމަލައިޒް ވަންދެން ކައްކާލާށެވެ. ދެން ހަކުރު ކެރަމަލް އަށް ވުމުން ކުޑަ ބޭކިންގ ޓްރޭ އަކަށް އަޅައި ރީއްޗަށް ފަތުރާލާށެވެ. ދެން ތައްޔާރުކުރި ކަސްޓަރޑް ކޮޅު މާހިހޫވެ ގަނޑު ގަނޑުވެފައިވާނަމަ އެގަނޑުތައް ފިލުވައިލުމަށް އަލުން ހޫނުކޮށްލުމަށްފަހު ކެރަމަލް އެޅި ޓްރޭއަށް ކަސްޓަރޑް ކޮޅު އަޅާލާށެވެ. ދެން ޓްރޭގެ މަތިން ފޮއިލް އަޅައި ކަވަރ ކޮށްލާށެވެ. ދެން އުނދުން މަތީ ސްޓީމަރ ތެއްޔަކަށް ފެން އަޅައި ސްޓީމް ކުރަން ޓްރޭ ލާށެވެ. މަޑު ގިނީގައި 15 ވަރަކަށް މިނެޓު އުނދުން މަތީ ކޮކޮނަޓް ކެރަމަލް ކަސްޓަރޑް ޓްރޭ ސްޓީމް ކޮށްލާށެވެ. ދެން 15 ވަރަކަށް މިނެޓް ވުމުން އުނދުން ނިއްވާލުމަށްފަހު ސްޓީމް ތެލި ހިހޫ ވަންދެން ނޫނީ 20 ވަރަކަށް މިނެޓް ވަންދެން ބަހައްޓާލާށެވެ. ދެން ކޮކޮނަޓް ކެރަމަލް ކަސްޓަރޑް ޓްރޭ ހިހޫވުމުން 7- 8 ގަޑީރު ވަންދެން ފްރިޖުގައި ފިނިކޮށްލާށެވެ. ދެން މިހާރު މިހުރީ ކޮކޮނަޓް ކެރަމަލް ކަސްޓަރޑް ތައްޔާރުކޮށްނިމި ކާން ތައްޔާރުވެފައެވެ. މި ސަރވް ކުރަން ޓްރޭގެ މަތީން ތައްޓެއް ޖަހާލުމަށްފަހު ތަށީ ތެރެއަށް ބަންޑުން ބާއްވައި ޓްރޭގަ އިން ކޮކޮނަޓް ކެރަމަލް ކަސްޓަރޑް، ތައްޓަށް ޓްރާންސްފަރކޮށްލާށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން