ސްޕައިސްޑް އިންޑިއަން ބަނާނާ ފްރިޓަރސް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:
2 ދޮންކެޔޮ
1 ކަޕް ފުށް
4 މޭޒުމަތީ ސަމުސާ ޖެގަރީ (ނުވަތަ 4 މޭޒުމަތީ ސަމުސާ ހަކުރު)
1/2 ކަޕް ކާށި ހުނި
2 މޭޒުމަތީ ސަމުސާ ސެސެމޭ ސީޑް
1/2 ސައިސަމުސާ ބޭކިންގ ސޯޑާ
1 ސައިސަމުސާ ކާފޫރު ތޮޅި ޕައުޑަރ
1 ސައިސަމުސާ ވެނީލާ އެކްސްޓްރޭޓް (ނޫނީ ރަހަލާވަރަށް ވެނީލާ އެސެންސްކޮޅެއް)
1/2 ސައިސަމުސަލަށްވުރެއް ކުޑަ ނަޓްމެގް ޕައުޑަރކޮޅެއް
ތެލުލުމަށް ތެޔޮ
ސްޕައިސްޑް އިންޑިއަން ބަނާނާ ފްރިޓަރސް ތައްޔާރުކުރާނެގޮތް:
ފުރަތަމަ ތެއްޔަކަށް ނޫނީ ތަވަޔަކަށް ފްރިޓަރސް ތެލުލުމަށް ތެޔޮ އަޅައި ހޫނުކުރަން އުނދުން މައްޗަށް އުދާށެވެ. ތެޔޮ ހޫނުވާން ވާއިރަށް ތައްޓެއްގައި ދޮންކެޔޮތައް ޗަަސްކޮށްލައި، ހުނި، ޖެގަރީ (ނުވަތަ ހަކުރު)، ހުނި، ސެސެމީ ސީޑްސް، ކާފޫރު ތޮޅި ޕައުޑަރ، ވެނީލާ އެކްސްޓްރޭޓް (ނުވަތަ ވެނީލާ އެސެންސް) އަދި ނަޓްމެގް ޕައުޑަރ، ޗަސްކުރި ދޮންކޭލާ އެއްކޮށްލާށެވެ. ދެން މިއަށް ފުށާއި ބޭކިންގ ސޯޑާ ވެސް އެއްކޮށްލާށެވެ. މިހާރު ހުންނާނީ ތެތް ފުށްގަނޑެއްގެ ސިފައިގައެވެ.
ދެން ސަމުސަލަކުން ގުޅަޖަހައި ފްރިޓަރސް ފުށްގަނޑު ހޫނު ކުރި ތެޔޮ ގަނޑަށް އަޅައި ތެއްލާލާށެވެ. ރީއްޗަށް ރޯފިލައި ރަތްކުލަ އަރަންދެން މި ފްރިޓަރސްތައް ތެއްލާލަންވާނެއެވެ. މިހާރު މިހުރީ ސްޕައިސްޑް އިންޑިއަން ބަނާނާ ފްރިޓަރސް ތައްޔާރުވެފައެވެ. މިސަރވް ކުރުމަށް ކެރަމަލް ސިރަޕް، ސުގަރ ޕައުޑަރ ނުވަތަ އައިސްކްރީމް ބޭނުން ކުރުމުން ބަނާނާ ފްރިޓަރސްގެ ރަހައަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު