މެކްސިކަން ކޯން ފްރިޓަރސް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

1/2 ކަޕް ފުށް (އާދައިގެ ފުށް ނޫނީ ޗިކްޕީ ފްލަރ ވެސް މިއަށް ރަނގަޅުވާނެ)

1/4 ކަޕް ކޯން ފްލަރ

3/4 ސައިސަމުސާ ލޮނު

1 ސައިސަމުސާ މުގުރި މިރުސް (ޗިލީ ޕައުޑަރ / ޕެޕްރިކާ)

1 ސައިސަމުސާ ހަކުރު

2 ބިސް

1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

1 ބޮނޑު ލުނބޮލުގެ ތޮށި ގާނާފައި (ލެމަން ޒެސްޓް)

3/4 ކަޕް ޗެޑާ ޗީޒް ގާނާފައި

1 ހަލަޕީނޯ މިރުސް އޮށްނަގައި ޗޮޕްކޮށްފައި

1/4 ކަޕް ސްޕްރިންގް އަނިއަން ޗޮޕްކޮށްފަ

2 މޭޒު މަތީ ސަމުްސާ ފްރެޝް ކްރީމް

3 ކަޕް ސްވީޓް ކޯން (ފުއްތައްވަކިކޮށްފައި ހުންނަ ޒުވާރީ)

1/3 ކަޕް ފްރެޝް ކޮރިއެންޑަރ ޗޮޕްކޮށްފަ

1/3 ކަޕް ތެޔޮ (ތެލުލުމަށް)

މެކްސިކަން ކޯން ފްރިޓަރސް ޑިޕް ކުރުމަށް ޗެޑަރ ޑިޕިންގ ސޯސް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

1/4 ކަޕް ސަވަރ ކްރީމް

1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

2 މޭޒުމަތީ ސަމުސާ ޗެޑާ ޗީޒް (ގްރޭޓް ކޮށްފަ)

1/4 ކަޕް ފްރެޝް ކޮރިއެންޑަރ ޗޮޕްކޮށްފަ

ރަހަހެޔޮވަރުވާވަރުގެ ލޮނުކޮޅެއް

މެކްސިކަން ކޯން ފްރިޓަރސް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

ބޯތައްޓެއްގައި މެކްސިކަން ކޯން ފްރިޓަރސް ތައްޔާރުކުރުމަށް ބޭނުންވާނެ ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ދެން ފްރިޓަރސް ތެލުލުމަށް ތަވައެއްގައި ތެޔޮ ހޫނުކުރާށެވެ. ދެން ފްރިޓަރ ފުށްގަނޑު ގުޅަޖެހުމަށްފަހު ތަވައަށްލައި، ދޭފަތަކުން ފްރިޓަރ ފަތާކޮށްލުމަށް ފިއްތާލާށެވެ. ރަނގަޅަށް ރަތްވެ ރޯފިލަންދެން ފްރިޓަރގެ ދެފުށްވެސް ތެއްލާލާށެވެ. ފްރިޓަރސް ތެއްލަމުންދާވަރަކަށް ތަވައިން ތެޔޮ މަދުވާނަމަ އިތުރަށް ތެޔޮ އަޅާލުން ރަނގަޅެވެ.

ފްރިޓަރތައް ތައްޔާރުވުމުން ޗެޑަރ ޑިޕިންގ ސޯސް ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ އެއްޗެށް ކުޑަ ބޯތަޓެއްގައި އެއްކޮށްލުމަށްފަހު މެކްސިކަން ކޯން ފްރިޓަރސް އާއެކު ސަރވް ކުރާށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން