އެގްލެސް ޗޮކޮލެޓް ބްރައުނީ ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

3/4 ކަޕް ފުށް

2 ސައިސަމުސާ ބޭކިންގ ޕައުޑަރ

1/4 ސައިސަމުސާ ލޮނު

1/3 ކަޕް ކޮކޯ ޕައުޑަރ

1 ކަޕް ޗޮކޮލެޓް ޗޮޕްކޮށްފަ

1/2 ކަޕް ބަޓަރ

3/4 ކަޕް ގްރީކް ޔޯގަރޓް

1 ސައިސަމުސާ ވެނީލާ އެކްސްޓްރޭޓް (ނޫނީ ރަހަލާވަރަށް ވެނީލާ އެސެންސް)

3/4 ކަޕް ހަކުރު

1/4 ކަޕް ވޯލް ނަޓްސް ޗޮޕްކޮށްފަ (ވޯލް ނަޓްސްގެ ބަދަލުގަ ކެޝިއު ނަޓްސް ވެސް ބޭނުން ކުރެވިދާނެ)

އެގްލެސް ޗޮކޮލެޓް ބްރައުނީ ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ 180 ޑިގްރީ ސެލްސިއަސް އަށް އަވަން ޕްރީހީޓް ކުރުމަށް ޖައްސާލާށެވެ. ދެން 8X8 ސައިޒު ގެ ބޭކިންގ ޓްރޭއެއްގައި ޕާޗްމަންޓް ޕޭޕަރ ނޫނީ އެލުމިނިއަމް ފޮއިލް އެޅުމަށްފަހު ބަޓަރ އުނގުޅާލާށެވެ. ދެން ބޯތައްޓެއްގައި ފުށް، ލޮނު، ބޭކިންގ ޕައުޑަރ އަދި ކޮކޯ ޕައުޑަރ އެއްކޮށްލާށެވެ. އިތުރު ތައްޓެއްގައި ޗޮކުލެޓާއި ބަޓަރ އެއްކޮށްލައި މައިކްރޯވޭވްކޮށް މެލްޓް ކޮށްލާށެވެ. ރީއްޗަށް މެލްޓްވުމުން، ޔޯގަޓް، ވެނީލާ އަދި ހަކުރު އެއްކޮށްލާށެވެ. ދެން މިތަކެތި ފުށް މިކްސް ތެރެއަށް އެއްކޮށްލައި ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް މިކްސްވުމުން ނަޓްސްކޮޅު އެއްކޮށްލާށެވެ. ނަޓްސްކޮޅެއް ބްރައުނީ މައްޗަށް ބުރުވާލަންވެސް ބެހެއްޓިދާނެއެވެ. ދެން ބްރައުނީ މިކްސް ބޭކިންގ ޓްރޭއަށް ލުމަށްފަހު 40 މިނެޓް ވަންދެން އަވަނުގައި ފިހެލާށެވެ. ބްރައުނީ ރަނގަޅަށް ފިހެވެމުންދޭތޯ ޔަގީން ކުރުމަށް 25 - 30 ހަކަށް މިނެޓު ވުމުން ބްރައުނީގެ މެދަށް އިލޮށިކޮޅެއް ނޫނީ އުލެއް ހަރާލާ ޗެކްކޮށްލުން މުހިންމެވެ. ބްރައުނީ ފިހެވުމުން ޓްރޭއިން ނަގަންވާނީ ރީއްޗަށް ހިހޫވުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން