މުޙައްމަދު ނާޖިޙު   18 މާރިޗު 2025 - 16:46
ބޭނުންވާ ތަކެތި:

8 ވަށް ކަށިކެޔޮ

20 ޖޯޑު ފެން

1 ކިލޯ ހަކުރު

ރާނބާފަތްކޮޅެއް

ހަދާނެގޮތް:

ފުރަތަމަ ކަށިކޭލުގެ ބޭރު ތޮށިގަނޑު މަށާލާށެވެ. ދެން ކަށިކެޔޮލިޔާ ވަޅިން ތުނިކޮށް ލިޔެލާށެވެ. ކަށިކެޔޮލިޔާ ވަޅި ދަންނަންތަ؟ މިކިޔަނީ ފަންސޫރަކުން ނުވަތަ ގަލަމަކުން ލިޔާ ވާހަކައެއް ނޫން އިނގޭ! އެއީ އަސްލު ތުނިތުނިކޮށް ކޮށާ ވާހަކަ. ދެން ތެއްޔަކަށް ފެން އަޅާފައި އޭގެތެރެއަށް ލިޔުނު ކަށިކޭލާ ހަކުރާ އަޅާށެވެ. އެއަށްފަހު އުނދުން މައްޗަށް އުދާފައި ކައްކާތާ ބައިގަޑިއިރު ވީމާ އެއްކަލަ ރާނބާފަތްކޮޅު އެއަށް އަޅާށެވެ. ދެން 15 މިނެޓު ފަހުން އުނދުނުން ބާލާށެވެ. ދެން ކަށިކެޔޮތައް ޗިސްކޮށްލާށެވެ. އެއަށްފަހު ފުރާނާލާފައި ހިހޫވަންދެން ބަހައްޓާށެވެ. ހިހޫވީމާ އައިސް އަލަމާރިއަށް ލައި ފިނިކޮށްގެން ބޯންވީއެވެ. ނާއިލާ އިބްރާހީމް ކަލޭގެފާނު ވިދާޅުވީ މިހާ އެއްޗިހިން 16 ތަށި ފަނި ލިބެންވާނެ ކަމަށެވެ.

މަޢުލޫމާތު: ނާއިލާ އިބްރާހީމް ކަލޭފާނުގެ "ޒީނާރު" ފޮތުން



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން