ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު 2000 އަށް ވުރެ ގިނަ ވޭޕްކުރާ ސާމާނު ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ ތަކެތި އަތުލައިގަތީ މެލޭޝިޔާއިން އިއްޔެ ރާއްޖެ އައި 3 ފަސިންޖަރެެއްގެ ލަގެޖުން ކަމަށެވެ.
އެގޮތުން ވޭޕާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭ ގޮތަށް 2062 ތަކެތި ކަސްޓަމްސް އިން އަތުލައިގަތް ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން އަތުލައިގަތް ތަކެތީގެ ތެރޭގައި 1714 ނެނޯ ސްޓިކާއި 200 ޓެރިއާ ސްޓިކް، 96 ކެލިބާން ކާޓްރިޖް އަދި 50 ވީމޭޓް ކާޓްރިޖް ހިމެނެ އެވެ. އޭގެ އިތުރުން ވޭޕް ޕްލޭވާގެ ދެ ފުޅިވެސް ކަސްޓަމްސްއިން އަތުލައިގަތެވެ.
މި މަހު ކުރީކޮޅު ޖެނެރަލް ކާގޯގެ ގޮތުގައި ޑިކްލެއާކޮށް ކަނޑުމަގުން އެތެރެކުރަން އުޅުނު 400 ތަކެތި ހިމެނޭ ވޭޕްގެ ސާމާނުތަކެއް ވެސް ކަސްޓަމްސްއިން އަތުލައިގަތެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް މިދިޔަ ޑިސެންބަރު މަހު ގެނައި އިސްލާހުތަކާއެކު ވޭޕް ބޭނުންކުރުމާއި ވޭޕް ވިއްކުމާއި ބެހުމާއި އަދި އެ ތަކެތި ރާއްޖެ އެތެރެކުުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު