ރައްޔިތުންގެ އެއްވެސް ހައްގަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ކުޑަވެސް ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީ ރޭ ކުރި މުޒާހަރާއާ ގުޅޭ ގޮތުން އެކްސްގައި ހިއްސާ ކުރެެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޝާހިދު ވިދާޅުވީ ތެލެސީމިޔާގެ ފަރުވާގެ ބޭނުން ޖެހިފައިވާ ކުޑަކުދިންނާއި މީހުންނަކީ ދައުލަތުން ހާއްސަ ގޮތެއްގައި އެހީ ފޯރުކޮށްދޭން ޖެހޭ ބައެއް ކަމަށެވެ. އަދި އެފަރާތްތަކަށް ބޭނުންވާ ފުރިހަމަ އެހީ ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުން ކޮންމެ ދުވަހަކު ތިބެންޖެހެނީ ކޮންމެވެސް ހައްގެއް ހޯދުމަށް އެދި ސަލާން ޖެހުމުގައި ކަމަށެވެ. އަދި މިކަމުންވެސް ދޭހަވެގެންދަނީ ރައްޔިތުންގެ އެއްވެސް ހައްގަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ހިޔާލެއް ސަރުކާރުން ނުގެންގުޅޭ ކަން ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ރޭ އެމްބީސީ ކައިރީ މުޒާހަރާ ކޮށްފައި ވަނީ ބްލަޑު ބޭންކުގެ ފިލްޓަރުތައް ހަލާކުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ލޭ ޕެކެޓުތަކެއް އުކާލަން ޖެހުން ފަދަ ކަންކަމަށް ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާތީކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ޝުއޫރު ފާޅުކުރަމުން މުޒާހަރާގެ ބައިވެރިން ވަނީ އެމްބީއެސްގެ ވެރިންގެ އިސްތިއުފާއަށް ގޮވާލާފައެވެ.

ތެލެސީމިޔާގެ ފަރުވާ ގެ ބޭނުން ޖެހިފައިވާ ކުޑަކުދީންނާއި މީހުންނަކީ ދައުލަތުން ޚާއްސަ ގޮތެއްގައި އެހީ ފޯރުކޮށްދޭންޖެހޭ ބައެއް! އެފަރާތްތަކަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް!
— Abdulla Shahid (@abdulla_shahid) March 22, 2025
ނަމަވެސް ރައްޔިތުންގެ އެއްވެސް ޙައްޤަކަށް… https://t.co/PJ8SmVi9mn
ރޭ އެމްބީސީ ކައިރީ މުޒާހަރާ ކޮށްފައި ވަނީ ބްލަޑު ބޭންކުގެ ފިލްޓަރުތައް ހަލާކުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ލޭ ޕެކެޓުތަކެއް އުކާލަން ޖެހުން ފަދަ ކަންކަމަށް ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާތީކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ޝުއޫރު ފާޅުކުރަމުން މުޒާހަރާގެ ބައިވެރިން ވަނީ އެމްބީއެސްގެ ވެރިންގެ އިސްތިއުފާއަށް ގޮވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު