ހއ. ތަކަންދޫގައި ލޯކަލް ޓޫރިޒަމް ފެށުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ތަކަންދޫގައި އޭޓިއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތާރިގް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރު ޖެނުއަރީ މަހު ތަކަންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ހުރި ތާރިހީ ތަންތަން ބައްލަވާލައްވާފައިވާ ކަމަށެވެ.
އަދި އެފަދަ ތަންތަނަކީ ދިވެހިންގެ ސަޤާފަތާއި ތާރީހު ދައްކުވައިދޭ ތަންތަންކަމަށްވުމުން އެތަންތަން ހިމާޔަތްކުރުމަކީ މުހިންމުކަމެއްކަންވެސް ރައީސް ފާހަގަ ކުރެއްވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އެ ދަތުރު ނިންމަވާލުމަށްފަހު ތަކަންދޫގައި ހުރި އާސާރީ ތަންތަން ދިރާސާ ކުރުމަށް ހާއްސަ ޓީމެއް ރައީސް ފޮނުއްވި ކަމަށާއި، އެ ދިރާސާތައް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރަށްރަށުގައި ހުރި މިފަދަ ތަންތަނަކީ މުޅި ދުނިޔެއަށް ދައްކުވައިދޭންޖެހޭ ތަންތަން ކަމަށެވެ. އަދި މި ތަންތަން ނަކަލުކޮށް ޑިސްޕްލޭ ކުރެވޭނެ ގޮތް ހަދައި، މުޅި ދުނިޔެއަށް ދައްކުވައިދޭން ފެށުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންވެ، ތަކަންދޫގައި ހުރި ތާރީހީ ތަންތަނަށް ހާއްސަ ކޮށްގެން ލޯކަލް ޓޫރިޒަމް ފެށުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތީ ހއ. އަށް ވަރަށް ފަހި ފާގަތި ދުވަސްތަކެއް ކަމަށާއި، ރައީސް ކުރައްވާ މަސައްކަތްތައް ފެނި، ކާމިޔާބުވަމުންދާ ކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ޖެނުއަރީ މަހު ތަކަންދޫ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވީ އެ ރަށުގައި ހުރި ތާރީހީ ތަންތަނަށް އިސްކަންދީގެން، ބަޖެޓުން ހަރަދުކޮށް، އެ ތަންތަން ސަލާމަތްކޮށް، އާބާތުރަފިލުވައި، އޭގެ ހަގީގީ އައިޑެންޓިޓީއަށް އިއާދަކޮށް، ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޝްރޫއެއް ހިންގާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު