ރައީސް ޑރ. މުހައްމަދު މުއިއްޒު ރެއާއި ދުވާލު މަސައްކަތް ކުރައްވަމުންދަނީ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލު ކުރެއްވުމަށް ކަމަށް އިކޮމޮނިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ ހއ. އުތީމުގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިރިއިރު މުޅި ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ކަމަށެވެ. ނަމަވެސް ރައީސްގެ ބުރަ މަސައްކަތްޕުޅުން ދަރަނީގެ މައްސަލައަށް ބޮޑު ހައްލެއް ލިބެމުންދާ ކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ރައީސް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާކަމަށެވެ. އަދި އެފަދަ މަސައްކަތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ވަރަށް ބާރު ދުވެލީގައި މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ކުދި ރަށްރަށުގައި އޭޓީއެމް ބެހެއްޓިދާނެ ކަމަށް މީގެ ކުރިން ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު ދަނީ ކުޑަ ރަށެއް ބޮޑު ރަށެއް، ތަފާތުކުރުމެއް ނެތި މިކަން ކުރައްވަމުންމުން ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންނަށް ލިބޭނެ ބޮޑު ފަސޭހައެއް ކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު