ކެލާގެ ރަށްވެހި އާސާރު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: އާރްޑީސީ
ކެލާގެ ރަށްވެހި އާސާރު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: އާރްޑީސީ
ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްގީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީޝއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އާރްޑީސީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ.



މި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ދިވެހިންގެ ސަގާފަތާއި، ތަރިކަ ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކާ ކުރާ މަސައްކަތްތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ މަޝްރޫއުގެ ތެރެއިން ކުރާ މަސައްކަތެއްކަމަށެވެ.

އެގޮތުން ވުޒާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް މި މަޝްރޫއުގެ ދަށުން ކޮންމެ ރަށެށްގައިވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫޙެއް އަށަގެންނެވުމަށް ވަރަށް އިސްކަންދެއްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒިރު ވިދާޅުވީ މި މަސައްކަތް ނިމިގެންދާނީ ރައީސް އިއުލާން ކުރައްވާފައިވާ، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި ފަތުރުވެރިކަން ސިންދަފާތުކުރުމާއި، ނެޝަނަލް އައިޑެންޓިޓީގެ އަސްލުތަކާ އެއްގޮތަށްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން