ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް- ގޫގުލް އިމޭޖެސް
ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް- ގޫގުލް އިމޭޖެސް
ސިއްހީ ނިޒާމު ހަރުދަނާ ކުރެވޭނީ އުމްރާނީ ގޮތުން ސިއްހީ ދާއިރާ ހަރުދަނާ ކޮށްގެން ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ 10 ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީން ވަނީ ބ. ކުޑަރިކިލު، ގއ. ކޮންޑޭ، ގދ، ނަޑެއްލާ، ހދ. ނެއްލައިދޫ އަދި އދ. ފެންފުށީގެ ސިއްހީ މަރުކަޒުތައް އެޅުމަށް ކުންފުނިތަކާ ހަވާލުކޮށްފަައެވެ. އަދި ށ. މިލަންދޫ، ކ. ތުލުސްދޫ، އއ. ރަސްދޫ، ގއ. ވިލިނގިލި އަދި ނ. ވެލިދޫ ގެ އާ ހޮސްޕިޓަލްތައް އިމާރާތް ކުރުމަށްވެސް ވަނީ ކުންފުނިތަކާ ހަވާލު ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަކުން މިނިސްޓަރ ނާޒިމް ވިދާޅުވީ ރަށްރަށުގެ ސިއްހީ ނިޒާމުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، މަރާމާތުކުރުމާއި އިތުރަށް ތަރައްގީގެ މަސައްކަތެއް ނުކުރެވުމުގެ ސަބަބުން ދުވަސްވެ ވީރާނާވެފައިވާ އިމާރާތްތަކެއްގައި ސިއްހީ ހިދުމަތް ދިނުމުގެ މަސައްކަތް ކުރެވެމުންދާތަން ކަމަށެވެ.

އެހެންވެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އެންމެ މުހިންމު އިސްކަމެއް ދީގެން ކުރަން ޖެހޭ ކަމަކީ އުމްރާނީ ގޮތުން މި ދާއިރާ ހަރުދަނާ ކުރުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ރައީސްގެ ބެއްލެވުމުގެ ދަށުން ރަށްރަށުގައި ހުރި ސިއްހީ ހިދުމަތްދޭ އިމާރާތްތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށެވެ.

އަދި މިމަސައްކަތްތައް ނިމިގެންދާއިރު ރާއްޖޭގެ ސިއްހީ ނިޒާމަށް، އަދި ހާއްސަކޮށް މިމަޝްރޫއުތައް ހިންގާ ރަށްރަށުގެ ރައްޔިތުންނަށް ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި މިކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން