ހއ. ކެލާ، އަދި ކ. ކާށިދޫ ފަޅުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
އެގޮތުން ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން އެރަށުގެ ފަޅުތެރެއިން 156.2 ހެކްޓަރުގެ ސަރަހައްދަކާއި 169.3 ހެކްޓަރުގެ ސަރަހައްދެއްގައި، ބީލަމުގެ އުސޫލުން ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.
އަދި ކާށިދޫ ފަޅުގެ ތެރެއިން 115.21 ހެކްޓަރުގެ ފަޅުގެ ސަރަހައްދެއްގައިވެސް ބީލަމުގެ އުސޫލުން ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށްވެސް ވަނީ އިއުލާން ކޮށްފައެވެ.
މިނިސްޓްރީން ބުނީ މި ބީލަންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްރީލު މަހުގެ 15 ވާ އަންގާރަ ދުވަސް އަދި އަންނަ މޭ މަހުގެ 06 ވާ އަންގާރަ ދުވަހު ވަރޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހު 14ވާ ހޯމަ ދުވަހާއި އަންނަ މަހުގެ 05 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އީމެއިލަށް މައުލޫމާތު ފޮނުވަންޖެހޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖޫން މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކެލާގެ ފަޅުތެރޭގައި ރިޒޯޓެއް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު