ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
މޯލްޑިވްސް ވޯޓާރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ 30 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

މި މުނާސަބަތާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އެ ކުންފުނީގެ ކުރީގެ އަދި މިހާރުގެ މުވައްޒަފުންނަށް ހޫނު މަރުޙަބާއާއި އިހްލާސްތެރި ޝުކުރު ދަންނަވާފައެވެ.



1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އުފެދުނު އެމްޑަބްލިޔުއެސްސީގެ މައިގަނޑު މަގްސަދަކީ، އޭރު މާލެއަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ހައްލެއް ހޯދައި، ނަރުދަމާގެ ނިޒާމު ގާއިމުކުރުމެވެ.

މިދިޔަ 30 އަހަރުގެ ތެރޭގައި، އެމްޑަބްލިޔުއެސްސީގެ ހިދުމަތްތައް ފުޅާވެ، އެކުންފުނިން ދަނީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށަށްވެސް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

އެގޮތުން މިހާރު ގާތްގަނޑަކަށް 200,000 މީހުންގެ އާބާދީއަކަށް އެމްޑަބްލިޔުއެސްސީން ހިދުމަތް ފޯރުކޮށްދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން