ރޭޕްގެ މައްސަލައެއްގައި ކުރިން ދައުވާކުރި މީހަކު އޭނާގެ ކުރީގެ އަނބިމީހާ ބްލެކްމެއިލްކޮށްގެން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
މާލެ، ދަފްތަރު ނަމްބަރު ރސ. 1704، މުހައްމަދު ޒުބައިރު (57އ.)، 2019 ވަަނަ އަހަރު ހައްޔަރުކުރީ އޮރިޔާން ވީޑިއޯއާއި ފޮޓޯ ނަަގައި ލީކުކުރާނެ ކަމަށް ބުނެ ބިރު ދައްކައި ރޭޕްކުރިކަމުގެ ތުހުމަތުގަ އެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވިކަން ސާފުނުވާ އިރު މި ފަހަރު ވެސް ޒުބައިރު ހައްޔަރުކުރީ ހަމަ އެފަދަ މައްސަލައެއްގަ އެވެ.
އެގޮތުން ކުރީގެ އަނބިމީހާއަށް ބިރު ދައްކައި ބްލެކް މެއިލްކުރަމުންދާ ކަމަށް ބަންދު އަމުރުގައި ބުނެފައި ވެެއެވެ.
ޒުބައިރުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ހުއްދަނެތި ގޯތި ގެދޮރަށް ވަނުމާއި އޮރިޔާންކާޑު ގެންގުޅުމާއި ބްލެކްމެއިލް ކުރުމާއި ބިރު ދެއްކުން ހިމެނެ އެވެ.
އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓައި ޒުބައިރު ކަސްޓޯޑިއަލް ޖަލެއްގައި 10 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު