މައިންނާއި ތުއްތު ކުދިންނަށް ލިބޭ ސިއްހީ ފަަރުވާއާއި ހިދުމަތުގެ ރެކޯޑުތައް ޑިޖިޓަލްކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ، މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާ އާއި ހިދުމަތްތަކުގެ ރެކޯޑްތައް ބަލަހައްޓައި، އެ މައުލޫމާތު ފަސޭހަކަމާއެކު ދުވަހުންދުވަހަށް އަދާހަމަކުރުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ބެލެހެއްޓުމުގެ މަސައްކަތްތަކަތް ސަރުކާރުން ވަނީ ފަށާފައިކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، މުސްތަގްބަލުގައި މައިންނާއި ތުއްތު ކުދިންނަށް ލިބޭ ސިއްހީ ފަރުވާއާއި ހިދުމަތުގެ ރެކޯޑްތަކާއި ސިއްހީ މައުލޫމާތު "މޯލްޑިވްސް އިންޓަރގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް"، މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
މިހާރު އެފަދަ މައުލޫމާތުތައް ބަަލަހައްޓަނީ ކުއްޖާއާ އެކު ގެންގުޅޭ ސިއްހީ ރެކޯޑުތައް ލިޔާ ފޮތުގައެވެ.
"ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މާބަނޑު މީހުންނާއި ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި. އެހަނަސް މިއަދު މިއޮތް ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރަން. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މާދަމާގެ މައިންބަފައިންނަށް ވުމަށް ތައްޔާރުވަމުންދާ ޒުވާންޖީލުގެ ދުޅަހެޔޮކަމަށް އިސްކަންދޭންޖެހޭ." އަބުދުﷲ ނާޒިމް ވިދާޅުވިއެވެ.
މި އަހަރުގެ ޝިއާރާ އެއްގޮތަށް މިނިސްޓަރ ވަނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މައިންނާއި ތުއްތު ކުދިންގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފައެވެ.
މިއަހަރުގެ ޝިޢާރަކީ "ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗަރ" އެވެ.

ކިޔުންތެރިންގެ ހިޔާލު