ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާގެ ހަތަރު ޓަވަރެއްގައި އާ ލިފްޓް ބަހައްޓައި ނިމި، ޓެސްޓް ކުރަން ފަށައިފިއެވެ.
ހިޔާ ފުލެޓްތައް ހެދިއިރު އެ ތަންތަނުގައި ހަރުކޮށްފައިވާ ލިފްޓްތަކުގެ އަދަދު މަދުވުމުން އެތަނުގައި ދިރިއުޅޭ އާންމު ރައްޔިތުން ދިޔައީ ގިނަ ތަކުލީފުތަކެއް އުފުލަމުންނެވެ. އެހެންކަމުން މި ސަރުކާރުންވަނީ އެތަނުގައި އިތުރު ލިފްޓް ހަރުކޮށް އެކަމަށް ހައްލެއް ހޯދައިދޭނެކަމަށް ބުނެފައެވެ.
އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު އިބްރާހިމް މިއަދު ވަނީ ލިފްޓްތަކެއްގެ މަސައްކަތް ނިމި ޓެސްޓްކުރުމުގެ މަސައްކަތްކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް އެކްސްގައި ޕޯސްޓްކުރައްވައިފައެވެ.
އޭނާ ވިދާޅުވެފައިވަނީ ފްލެޓްތަކުގައި އަލަށް ބަހައްޓާފައިވާ އިތުރު ލިފްޓްތަކުގެ ޓެސްޓުތައް މިއަދު ފަށާފައިވާ ކަމަށާއި, އެއާއެކު ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް އެތައް އަހަރެއް ވަންދެން ދިމާވެފައިވާ ލިފްޓް ތޮއްޖެހުމުގެ މައްސަލަ އަށް ހައްލެއް ހޯދިގެން ދާނެކަމަށެވެ. އަދި އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދިގެން ދިޔައީކަމަށް ވެސް އަޙްމަދު އިބްރާހިމް ވިދާޅުވެފައިވެއެވެ.
މިހާތަނަށް އަދި ޓެސްޓް ކޮށްފައިވަނީ ހަތަރު ޓަވަރެއްގައި ހަރުކުރި ލިފްޓްނަމަވެސް، އިތުރު ޓަވަރުތަކުގައި ވެސް ލިފްޓް ހަރުކޮށް ނިންމުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެޗްޑީސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު