ސްޓެލްކޯގެ ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން
ސްޓެލްކޯގެ ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަ ކޮށްފިއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރަސްމީ ކޮށް ފެއްޓެވީ 2023 ވަނަ އަހަރު ޖޫން މަހު 5 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 5,219,456 ގަސް އިންދުމަށް ނިންމާފައިވާއިރު، މިއަދުގެ ނިޔަލަށް 498،968 ގަސް އިންދިފައި ވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން އެޗްޑީސީ އާއި އެމްޕީއެލުން އެއް މިލިއަން ގަސް އިންދުމަށް ހަމަޖެހިފައިވާއިރު، އެސްޑީއެމް ފާމުން 750,000 ގަސް އިންދާނެއެވެ. އަދި އާރުއޭސީއެލްއިން 60,000 ގަސް އިންދުމަށް ހަމަޖެހިފައިވާއިރު، ސްޓެލްކޯއިން އިންދުމަށް ހަމަޖެހިފައިވަނީ 500,000 ގަހެވެ. އަދި އެހެނިހެން ފަރާތްތަކުން 1.3 މިލިއަނަށްވުރެ ގިނަ ގަސް އިންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމާއި، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން މިހާރުގެ އަދި އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން