އަމާޒަކީ ރާއްޖެ އަކީ މަތީ ތައުލީމު އެކްސްޕޯޓްކުރާ ގައުމަކަށް ހެދުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
މަތީ ތައުލީމުގެ ދާއިރާ ކުރިއެރުވުމަށް ކުރުމަށް ނިންމާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން އެމްއެމް ޓީވީގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެ އަކީ ތަޢުލީމު އެކްސްޕޯޓް ކުރާ ގައުމަކަށް ހެދުމަކީ މުޙިއްމު އަމާޒެއް ކަމަށާއި އެކަން ހާސިލުކުރުމަށް އެތައް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
އެގޮތުން، މަތީ ތަޢުލީމު ފޯރުކޮއްދޭ ޔުނިވާސިޓީ އަދި އިންސްޓިޓިއުޓްތަކާއި ބައްދަލުކޮށް، މަތީ ތަޢުލީމަށް ރާއްޖެ ހުޅުވާލާއިރު، އަޅަންޖެހޭ މުޙިއްމު ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއަށް މަތީ ތަޢުލީމު ހާޞިލުކުރުމަށް އައުމަކީ ރާއްޖެއަށް އިތުރު އާމްދަނީއެއް ލިބިގެންދާނެ ކަމެއް. މިއީ ފެށުމަށް ނިންމާފައިވާ ވަރަށް މުޙިއްމު މަސައްކަތެއް" މިނިސްޓަރު ވިދާޅުވި އެވެ.
ނާސިން ފަދަ ދާއިރާތަކުން ރާއްޖޭގައި ކިޔަވަން މީގެ ކުރިން އެފްރިކާ ފަދަ ގައުމުތަކުގެ ދަރިވަރުން ހުށަހަޅާފައި ވެއެވެ. އެހެން ނަމަވެސް ރާއްޖޭގެ ގަވާއިދުތައް އަދި އޮތް ގޮތުން އެފަދަ ފުރުސަތުތައް އޮތީ ހުޅުވާނުލަ އެވެ.

ކިޔުންތެރިންގެ ހިޔާލު