ރައްޔިތުންނަށް ބޭނުންވާ އެކިކަހަލަ ބޭސްތައް ލިބުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މި ސަރުކާރުން އެކަމަށް ބޮޑު ލުޔެއް ހޯދައިދޭނެކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ، ބައެއް ބޭސްތަކުގެ ސަޕްލައި ދަށްވުމުގެ ސަބަބުން ބޭސްތައް ނުލިބުމުގެ ކަންބޮޑުވުން އުޅޭކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ހައްލުކުރަން ސަރުކާރުގެ ގިނަ މުއައްސަސާތަކެއް ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި އޭގެ ނަތީޖާ ވެސް މިހާރު ފެންނަމުންދާކަމަށް ނާޒިމް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މި އެޑްމިނިސްޓްރޭޝަންގެ މި މަސައްކަތުން ބޭހުގެ މި ކަންބޮޑުވުމަށް ބޮޑު ލުޔެއް އަޅުގަނޑުމެން ހޯދައިދޭނަން. އެއީ މި ކަންތައްތައް ތަރުތީބުކުރެވިފައިވާ ގޮތުން ކުރިއަށްދާއިރު އަޅުގަނޑުމެންނަށް އެ މަންޒަރު ފެންނާތީވެ." މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ބޭހުގެ މައްސަލާގައި ރާއްޖެއަށް ބޭސް އެތެރެކުރާ މައި ކުންފުނި، އެސްޓީއޯގެ ސަޕްލައި އިތުރުކުރުމަށް އެ ކުންފުނީގެ ނިޒާމު ވަރުގަދަ ކުރަން މަސައްކަތްތަކެއް ކޮށްފައިވާނޭ ކަމަށެވެ.
އަދި ބޭސް ނުލިބުމުގެ ޝަކުވާތައް ގަވާއިދުން ބަލަމުން އެކަންކަމަށް ހައްލު ހޯދައިދެވެމުން ދާކަމަށް ވެސް ނާޒިމް ވިދާޅުވެފައިވެއެވެ.
މާލޭގެ ބޭސްފިހާރަތަކުގެ އިތުރަށް އަތޮޅުތެރޭގެ ބޭސްފިހާރަތަކަށް ވެސް ބޭނުންވާ ބޭސް ނުލިބޭކަމުގެ ޝަކުވާ އެކި ފަރާތްތަކުން މީސްމީޑިއާގައި އަންނަނީ ކުރަމުންނެވެ. ރައްޔިތުންނަށް ބޭނުންވާ ބޭސް އެއްވެސް ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު