ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުން އަދި ނިމުނީ 60 ޕަސެންޓް ކަމަށް އެ އެއާޕޯޓު ހިންގާ ގަން އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.
އެ ކުންފުނިން ރޭ ނެރުނު ބަޔާނުގައި ބުނީ މަޝްރޫއުގެ ގާތްގަނޑަކަށް 60 ޕަސެންޓް ނިމި މިވަގުތު ކުރަމުންދާ އެންމެ ބޮޑު މަސައްކަތަކީ މަގު ތަރައްގީކުރުމުގެ މަސައްކަތާއި ފެސެންޖާ ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް ކަމަށެވެ.
އީކުއޭޓާ ވިލެޖުން ބިމެއް ހަވާލުނުކޮށްގެން މަގު ތަރައްގީކުރުމުގެ މަސައްކަތް އޮތީ މަޑުޖެހިފަ އެވެ. އެ މައްސަލަ ދިގުލައިގެންދާތީ ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ މަޑު ޖެހިފައި އޮތް މަގުގެ މަސައްކަތް މަޝްރޫއުން އުނިކުރަން ވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑަށް އަންގައިފަ އެވެ.
ނަމަވެސް އެ މަސައްކަތް ހުއްޓާލައިފިނަމަ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
"މި މަސައްކަތް މި ގޮތަށް ހުއްޓާލައިފިނަމަ ޕްރޮޖެކްޓްގައި ޑިޒައިންކޮށް ތަރައްގީކުރަމުންދާ ނަރުދަމާއާއި ފެނުމުގެ ނިޒާމު އަދި މަގު ބައްތިތަކަށް ބޭނުންވާ ކަރަންްޓް ކޭބަލްތައް އެޅުމުގެ މަސައްކަތަށް ހުރަސް އެޅޭނެކަން ފާހަގަކުރަމެވެ. މި ކަންތައް ފުރިހަމަނުކުރެވިއްޖެނަމަ މި ޕްރޮޖެކްޓްގައި ތަރައްގީކުރެވޭ އެއްވެސް އިމާރާތެއްގެ ބޭނުން ނުކުރެވޭނެކަން ވެސް ފާހަގަކުރަމެވެ." ގަން އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ 730 ދުވަހުން ނިންމާ ގޮތަށް 05 މާޗު 2023ގައި ސޮއިކޮށް 27 މާޗު 2023ގައި އަމަލީ މަސައްކަތް ފެށި ޕްރޮޖެކްޓެކެވެ.
އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ 29.9 މިލިއަން ޑޮލަރުގެ އެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑެވެ.

ކިޔުންތެރިންގެ ހިޔާލު