ނ. ވެލިދޫގައި ޑަޔަލިސިސް ގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
މި ހިދުމަތް ފެށުމާ އެކު ވެލިދޫ ޞިއްޙީ މަރުކަޒުން މިއަދު ވަނީ މީހަކަށް ޑައިލިސިސް ފަރުވާ ދީފަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ ވެލިދޫގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމާ އެކު މާލެ ފިޔަވައި 15 ރަށެއްގައި މިހާރު އެ ހިދުމަތް ލިބޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ދެން އެންމެ އަވަހަށް ޑަޔަލިސިސްގެ ހިދުމަތް ފަށާނީ ތ. ވޭމަންޑޫގައި ކަމަށެވެ. މި މަހުގެ ތެރޭގައި އެ ރަށުގެ ހިދުމަތް ފެށުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
މިދިޔަ މަހުގެ ތެރޭގައި ހއ. އިހަވަންދޫގައިވެސް ޑަޔަލިލިސްގެ ހިދުމަތް ފަށާފައިވެ އެވެ.
ޑަޔަލިސިސްގެ ޚިދުމަތް މިހާރު ނުފެށޭ އަތޮޅުތަކަކީ، އއ، އދ، ވ، މ، ފ އަދި ދ. އަތޮޅެވެ.
މި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު