ލަންދޫ މާބަދިގެ ސަރަަހައްދު
ލަންދޫ މާބަދިގެ ސަރަަހައްދު
ނ. ލަންދޫގެ ތާރީހީ ތަނެއްކަމަށް ބުނާ މާބަދިގެ ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްގީ ކުރަން ފައިސާ ނެގުމަށް ފަހު އެތަން ތަރައްގީ ނުކުރާ މައްސަލަ އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި ހުޅުވާލި އިތުރު ސުވާލުކުރުމުގެ ފުރުސަތުގެ ތެރެއިން މާބަދި ސައިޓުގެ މަސައްކަތްތައް ގޮސްފައި އޮތް ހިސާބާ ގުޅޭ ގޮތުން މެމްބަރަކު މިނިސްޓަރާ ވަނީ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ލަންދޫ މާބަދިގެ ތަރައްގީކުރުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2024 ވަނަ އަހަރަށް ނިންމަން އޮތީ ހަވާލުކޮށްފައި ކަމަށެވެ.

އެ މަސައްކަތަށް 785,000 ރުފިޔާ ދޫކުރި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމަކު މަސައްކަތް ހިނގާފައެއް ނުވޭ. މިހާރު މި މައްސަލަ ވާނީ އޭޖީއަށް ފޮނުވާފައި." މިނިސްޓަރު ވިދާޅުވި އެވެ.

ލަންދޫ މާބަދިގެ ސަރަހައްދަކީ ބުދު ދީނުގެ ޒަމާނުގެ އާސާރީ ސަރަހައްދެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން