ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް މީހަކު ޢައްޔަނުކުރުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޙައްޤުނޫން ފަރާތަކަށް ވަޒީފާ ދީފައިވާ މައްސަލާގައި ދަޢުވާކޮށްދޭން އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ފޮނުވައިފިއެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، އިސްލާމީ ޔުނިވަރސިޓީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޑިރެކްޓަރގެ މަޤާމުގައި އޭރުހުރި ޑޮކްޓަރ އިބްރާހީމް ސަމީރު (ނަރުގިސްވިލާ / ތ.ތިމަރަފުށި) އާއި، އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރގެ މަޤާމުގައި އޭރުހުރި ޢަލީ ރަޝީދު (ގުލްބަކާގެ / ބ.އޭދަފުށި) ގެ މައްޗަށެވެ.
އޭސީސީން މިއަދު ބުނީ އެ ޔުނިވަރސިޓީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް މީހަކު ހޯދުމަށް 05 ނޮވެންބަރު 2017 ގައި ކޮށްފައިވާ އިޢުލާނަކާ ގުޅިގެން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އެ މަޤާމަށް ހޮވާފައިވާ ފަރާތަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ތަޢުލީމާއި ތަޖުރިބާގެ ޝަރުތު ހަމަވާ ފަރާތެއް ނޫންކަމަށެވެ.
އަދި އެ އިޢުލާނުގައި ބަޔާންކޮށްފައިވާ އެ މަޤާމަށް ޝަރުޠު ހަމަވާ ތަޢުލީމީ ސެޓްފިކެޓެއް އަދި ޝަރުޠު ހަމަވާ ތަޖުރިބާގެ ލިޔުމެއްވެސް، އެފަރާތުން ހުށަހަޅާފައި ނުވާކަމަށާއި އެ އިޢުލާނާ ގުޅިގެން ތައްޔާރު ކޮށްފައިވާ އާރް 2 ޝީޓްގައި ޕޮއިންޓް ދީފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލާ ވެސް ހިލާފަށް ކަމަށެވެ.
އަދި އިންޓަރވިއުގައި އެ ފަރާތަށް ގިނައިން ޕޮއިންޓްދީ، އެފަރާތަށް ލިބޭ ޖުމުލަ ޕޮއިންޓް މަތިކޮށްފައިވަނީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމަށްކަން ތަޙުޤީޤަށް ހޯދިފައިވާކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 513 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މަޢުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށްގެން، ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

ކިޔުންތެރިންގެ ހިޔާލު