ކަސްޓަމްސް ބިލްޑިން
ކަސްޓަމްސް ބިލްޑިން
ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ސިނގިރެޓް އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިއަދު ބުނީ އަތުލައިގަތް ސިނގިރެޓް ސްޓިކްގެ އަދަދު 130,155 އަށް އަރާ ކަމަށެވެ.

ނަމަވެސް އޭގެ އިތުރު ތަފްސީލެއް ކަސްޓަމަކުން ހާމައެއް ނުކުރެ އެވެ. އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް ވެސް އަދި ނޭނގެ އެވެ.

މިދިޔަ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީއިން ޑަސްބިން ކޮތަޅުތަކެއްގައި ސިނގިރެޓް ކާޓަންތަކެއް ވަގަށް ބޭރުކުރަން އުޅެނިކޮށް ތިން މީހަކު ވަނީ އަތުލައިގެންފަ އެވެ.

މިދިޔަ ޑިސެންބަރު މަހު ދުންފަތް ކޮންޓްރޯލްކުުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ސިނގިރޭޓުން ޑިއުޓީ ނަގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުުރުކޮށްފަ އެވެ.

އެހެންވެ ސިނގިރޭޓުގެ އަގު އިންތިހާއަށް ވަނީ އުފުލިފަ އެވެ. އަދި އެއާއެކު ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅޭ މައްސަލަަތައް ވެސް މި ފަހުން ވަނީ އިތުރުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން