ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު އެމެރިކާ ސިފައިން ދަނީ ޔަމަނުގެ ހިސާބުތައް ސުންނާފަތިކުރުމުގައި އަވަދިނެތި ކަމަށް ބޭރުގެ މީޑިޔާ ރިޕޯޓުތަކުން ހާމަކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ ސިފައިން ވަނީ އިއްޔެ ޔަމަނުގެ މަޝްހޫރު މާރުކޭޓަކަށް ބޮމުގެ ހަމަލާއެއް ދީފައެވެ. މި ހަމަލާގައި މަރުވި މީހުންގެ އަދަދު އަދި ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮަށްފައި ނުވެއެވެ.
އިސްރާއީލުގެ ސިފައިން އިއްޔެ ޣައްޒާގައި ހިންގި ޖަރީމާތަކުގައި 31 މީހުން ވަނީ މަރުވެފައެވެ. މި ހަމަލާތަކުގައި ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ މަދަދާއެކު އިސްރާއީލުން ދަނީ ލުބުނާނަށްވެސް ހުއްޓުމެއްނެތި ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި އިއްޔެ އެކަނުވެސް ދެ މީހަކު ވަނީ މަރުވެފަ އެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ މީގެ 18 މަސް ކުރިން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 51،201 މީހުން މަރުވެ 116،869 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން މަރުވި މީހުންގެ އަދަދު ވަނީ 61،700 އަށް ވުރެ މައްޗަށް އަޕްޑޭޓްކޮށްފައެވެ. އެގޮތުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގެއްލިފައިވާ އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.
ހަމާސް އިސްވެ އޮކްޓޯބަރު 7، 2023 ގައި ދިން ހަމަލާތަކުގައި އިސްރާއީލުގައި މަދުވެގެން 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު