ގާނޫނު ހަދަން ޔޫއޭއީން އާޓީފިޝަލް އިންޓެލިޖެންސް ބޭނުންކުރަން ނިންމައިފިި އެވެ.
އެ ނިންމުމާއެކު ގާނޫނު ހަދަން ޢާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ ފުރަތަމަ ގައުމަކަށް ޔޫއޭއީ ވާނެ އެވެ.
ޔޫއޭއީން ބުނީ މިއީ އެ ގައުމުން ޑިޖިޓަލައިޒޭޝަންއާ ދިމާލަށް ދިއުމަށް ކުރާ ދަތުރު އިތުރަށް ފުޅާކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
ޔޫއޭއީގެ ވެރިޔާ ޝައިހު މުހައްމަދު ބިން ރާޝިދު އަލް މަހުތޫމް ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީއާއެކު ގާނޫނު ލިޔާގޮތް މުޅިން ބަދަލުކޮށްލައި އަވަހަށް ގާނޫނުތައް ހަދައި ވެސް ނިންމާލެވޭނެ ކަމަށެވެ.
ޔޫއޭއީގައި ގާނޫނު ހެދުމުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލެއް ކަމަށްވާ ހާޥިމް އަލްރަފައި ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްއިން ހަމައެކަނި ނަމަކަށް ގާނޫނު ލީޔާނީ ނޫން ކަމަށެވެ، އޭގެ ބަދަލުގައި މުޅި ދުނިޔޭގެ އެންމެ ރަނގަޅު ގާނޫނުތައް ބަލައި ޔޫއޭއީއަށް އެންމެ ފައިދާ ކުރަނިވި ގާނޫނުތައް ހަދާނީ ކަމަށެވެ.
ޔޫއޭއީއަކީ މުޅި ދުނިޔޭގައި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސްއަށް ހާއްސަ މިނިސްޓަރެއްވެސް ހަމަޖެއްސި ފުރަތަމަ ގައުމެވެ. 2017 ވަނަ އަހަރު އެ މަގާމަށް އައްޔަނުކުރީ އޮަމަރު ސުލްތާން އަލް އޮަލަމާ އެވެ. މިއީ ވެސް އެ ގައުމުގެ ސަރުކާާރުގެ ހިދުމަތްތައް އަވަސްކުރުމުގެ ގޮތުން ކަމަށް ވެސް ޔޫއޭއީން ބުނެއެވެ،

ކިޔުންތެރިންގެ ހިޔާލު