ޕީއެސްއެމްގެ އިމާރާތްތައް ތަރައްގީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލު ކުރުން. ފޮޓޯ: އާރްޑީސީ
ޕީއެސްއެމްގެ އިމާރާތްތައް ތަރައްގީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލު ކުރުން. ފޮޓޯ: އާރްޑީސީ
ޕީއެސްއެމްގެ އިމާރާތްތައް ތަރައްގީ ކުރުމުގެ މަސައްކަތް މިއަދު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.

އާރްޑީސީން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕީއެސްއެމްގެ ގޯތިތެރޭގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި އަތޮޅުތެރެ އާއި މާލޭގައި ހުރި ޕީއެސްއެމްގެ އިމާރާތްތައް މަރާމާތުކުރުމުގެ މަސައްކަތްވެސް އެ ކުންފުންޏާ ހަވާލު ކޮށްފައިވާ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ކޯޕަރޭޝަނާއި ޕީއެސްއެމްއާއި ގުޅިގެން މަސައްކަތް ކުރުމުގެ ފަހުމުނާމާއެއްގައި ސޮއި ކޮށްފައިވާ ކަމަށްވެސް އާރްޑީސީން މިއަދު ވަނީ ހާމަ ކޮށްފައެވެ.



މާލޭގައި ފެންބޮޑުވާ ދުވަސްތަކުގައި ޕީއެސްއެމްގެ ގޯތި ތެރެއަށް ފެންވަދެ އެތަނުގައި ހުންނަ މުދަލަށް ގެއްލުން ލިބޭގޮތްވާތީ އެކަމަށް ހައްލެއް ގެނެސްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭން ޕީއެސްއެމުން މީގެ ކުރިންވެސް ވަނީ އާރްޑީސީގައި އެދިފައެވެ. އެހެންވެ، އެކަމަށް ހައްލެއް ހޯދައިދިނުމަށް މިދިޔަ ފެބްރުއަރީ އިން ފެށިގެން އާރްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން