ވެލިދޫގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވުން، ފޮޓޯ: އާރްޑީސީ
ވެލިދޫގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވުން، ފޮޓޯ: އާރްޑީސީ
ނ. ވެލިދޫގެ ކުޑަކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމުގެ މަގުސަދުގައި އެ ރަށުގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް ނިންމައި، ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޕާކު ހުޅުވުމަށްޓަކައި ވެލިދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕާކު އިފްތިތާޙްކޮށްދެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޡީމެވެ.

ވެލިދޫގެ ކުޑަކުދިންނަށް ހިތްފަސޭހަ ވަގުތުތަކެއް ހޭދަކުރެވޭނެ ގޮތަށް ބިނާކުރި މި ޕާކަކީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާރު.ޑީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ.

ވެލިދޫގައި ތަރައްގީ ކުރި ކުޑަކުދިންގެ ޕާކުގައި ކުދިން ކުޅެނީ، ފޮޓޯ: އާރްޑީސީ


މި މަޝްރޫއުގެ ދަށުން އާރު.ޑީ.ސީން ވަނީ ކުޑަކުދިން ކުޅޭނެ ތަފާތު ޕާކްސެޓްތައް ހޯދައި، އެ ތަކެތި އިންސްޓޯލްކޮށްފައެވެ. މީގެ އިތުރުން ޕާކުގެ މާހައުލު ރީތިކުރުމުގެ ގޮތުން ކުރަންޖެހޭ ލޭންޑްސްކޭޕިންގގެ ހުރިހާ މަސައްކަތެއްވެސް އެ ކުންފުނިން ވަނީ ފުރިހަމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު