ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ނެލިވަރު ސަރަހައްދަށް ސޮނެވާ ފުުށި ރިސޯޓުން ފަތުރުވެރިންތަކެއް ގެންގޮސް އަމަލުކުރިގޮތާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ރިސޯޓް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.
ނެލިވަރު ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައެޅީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި އެއާއެކު އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުމާއެކު އެ ތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަކުރުމާއި އަލިފާން ރޯކުރުން އޮތީ މަނާކޮށްފަ އެވެ.
އެހެން ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީހުގެ ހުއްދަވެސް ނުނަގައި ސޮނެވާ ފުށިން ފަތުރުވެރިންތަކެއް އެ ސަރަހައްދަށް ގެންގޮސް އެ ތަނުގައި އޮންނަ ފިނޮޅުގައި އަލިވާގޮތަށް ރޭގަނޑު ދިއްލައި އަލިފާން ރޯކޮށް އަޑުގަދަކޮށްފައިވާ ކަމަށް އީޕީއޭއިން މިއަދު ބުންޏެވެ.
އެފަދައިން އަމަލުކުރި ދުވަހު ބަޔޯސްފިއާ އޮފީހުގެ ބޭފުޅުންނާއި ފުލުހުން ވެސް ގޮސް އެ ސަރަހައްދު ދޫކޮށް ދާން އެންގުުމުން ވެސް ސޮނެވާއިން އެއްބާރުލުން ނުދީ ސަަރަހައްދު ދޫކޮށް ނުދިޔަކަން ވެސް އީޕީއޭއިން ފާހަގަކުރި އެވެ.
އެހެންވެ އެ މައްސަލައިގައި ސޮނެވާ ފުށި 448,375 ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި ބަނޑޭރި ޕޭ މެދުވެރިކޮށް އެ ފައިސާ އީޕީއޭއަށް ދެއްކުމަށް އަންގާފައިވާ ކަމަށް އެ އޭޖޭންސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު