ހިޒްބުالله އަށް އަމާޒުކޮށް ކަމަށް ބުނެ ނިރުބަވެރި އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާއެއް ދީފިއެވެ.
ލުބުނާނުގެ ވެރިރަށަށް އިސްރާއީލުން ދިން މި ހަމަލާ އަމާޒުވެފައި ވަނީ އެ ސިޓީގައި މީހުން ދިރިއުޅޭ ހިސާބެއްގައި ހުރި އުސް އިމާރާތަކަށެވެ. މި ހަމަލާއާ ގުޅިގެން އިސްރާއީލު ސިފައިން އާދީއްތަ ދުވަހު ބުނީ ހިޒްބުالله އަށް ނިސްބަތްވާ ޕްރެސިޝަން މިސައިލްތައް ރައްކާކުރުމަށް ބޭނުންކުރާ އިމާރާތަކަށް ހަމަލާދީފައިވާ ކަމަށެވެ.
މި ހަމަލާގެ ސަބަބުން އީރާނުގެ ތާއީދު އޮންނަ ހަނގުރާމަވެރި ޖަމާއަތާއި އިސްރާއީލާއި ދެމެދު އަނެއްކާވެސް ރުޅިވެރިކަން އިތުރުވާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ހަމަލާ ދިނުމުގެ ގާތްގަނޑަކަށް ގަޑިއެއްހާއިރު ކުރިން އިސްރާއީލުން ވަނީ މި އިމާރާތުގެ ކައިރިން މީހުން ދުރަށް ދިއުމަށް އަންގާފައެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ނެރުނު ބަޔާނެއްގައި ބުނީ ހިޒްބުاللهގެ ޕްރެސިޝަން މިސައިލްތަކަކީ "އިސްރާއީލް ދައުލަތަށް ބޮޑު ނުރައްކަލެއް" ކަމަށެވެ.
މި ހަމަލާ ދީފައި ވަނީ ހިޒްބުاللهގެ މިސައިލްތައް ރައްކާކޮށްފައި ހުރި އިމާރާތަކަށް ކަމަށް އިސްރާއީލުން ދަނީ ބުނަމުންނެވެ. ހިޒްބުاللهގެ ފަރާތުން މި ހަމަލާ އާއި ގުޅިގެން އަދި އެއްވެސް ބަހެއް ނުބުނެ އެވެ.
އިސްރާއީލުން ބުނަމުންދާގޮތުގައި މި ހަނގުރާމައިގައި އެމީހުން ވަނީ ހިޒްބުالله އަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެގޮތުން އެމެރިކާގެ މަދަދާއެކު އިސްރާއީލުން ބުނަނީ އެމީހުން ހިޒްބުالله ގެ އެތައް ހާސް ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ. އަދި އެ ޖަމާއަތުގެ ހަތިޔާރުގެ ބޮޑު ބައެއް ހަލާކުކޮށް، ހަސަން ނަސްރުالله ހިމެނޭ ގޮތަށް އެ ޖަމާއަތުގެ މަތީ ލީޑަޝިޕްވެސް ނައްތާލާފައިވާ ކަމަށް އިސްރާއީލުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު