ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަކުރަން ރަޝިޔާއާ އަށް ސިފައިން ފޮނުވިކަން އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް ކަށަވަރުކޮށްދީފިއެވެ.
ކޮރެއާގެ ރަސްމީ ކޮރެއާ ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުނީ މިކަން ކަށަވަރުކޮށްދީފައި ވަނީ އެގައުމުގެ ވެރިކަންކުރާ ވޯކަރސް ޕާޓީގެ ސެންޓްރަލް މިލިޓަރީ ކޮމިޝަނުން ކަމަށެވެ. އެ ކޮމިޝަނުން ބުނީ އެގައުމުގެ ލީޑަރު ކިމް ޖޮންގް އުން ރަޝިޔާގެ ސިފައިންނާ އެކު ހަނގުރާމައަށް ސިފައިން ފޮނުވާފައި ވަނީ މޮސްކޯ އާއި ޕިއޮންގްޔަންގްއާ ދެމެދު ވެވުނު ދެފަރާތުގެ ދިފާއީ މުއާހަދާގެ ތެރެއިން ކަމަށެވެ.
ކަރސްކް ސަރަހައްދުގައި ޔޫކްރޭންގެ އަސްކަރިއްޔާގެ އަތްދަށުގައި އޮތް ރަޝިޔާގެ ބިން އަނބުރާ އަތުލުމުގައި އުތުރު ކޮރެއާގެ ސިފައިން ބައިވެރިވެފައިވާ ކަމަށްވެސް އެގައުމުން ބުނެއެވެ.
ކިމްއާ ހަވާލާދީ ކޭސީއެންއޭ އިން ބުނީ ސިފައިން ފޮނުވީ "ޔޫކްރޭންގެ ނިއޯ ނާޒީ ހިފާފައިވާ މީހުން ނައްތާލައި ފޮހެލައި، ރަޝިޔާގެ ހަތިޔާރު އެޅި ސިފައިންނާ ގުޅިގެން ކަރސްކް ސަރަހައްދު މިނިވަން ކުރުމަށް" ކަމަށެވެ.
އުތުރު ކޮރެއާއިން "ރަޝިއަން ފެޑެރޭޝަން ފަދަ ބާރުގަދަ ދައުލަތަކާ އިއްތިހާދު ކުރުމަކީ ޝަރަފެއްގެ ގޮތުގައި ދެކެނީ." ކޭސީއެންއޭ އިން ބުނެ އެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި ކިމް ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ފުރިހަމަ ސްޓްރެޓެޖިކް ޕާޓްނަޝިޕް ޓްރީޓީއެއްގައި ސޮއިކޮށްފައެވެ. އަދި ހަނގުރާމައެއް ހިނގައިފިނަމަ، ދެގައުމުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ދިނުމަށް، އަސްކަރީ ގޮތުން ވަނީ ވައުދުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު