މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ސިޓީތަކަށާއި އީމެއިލްތަކަށް ޖަވާބު ދިނުން ލަސްވާތީ އެ ކަންބޮޑުވުންތައް ހައްލުކޮށް ދަރިވަރުންނަށް ޖަވާބު ދާރީވުން އަވަސްކުރަން ކޯލް ސެންޓަރެއް ގާއިމުކުރަން ނިންމައިފި އެވެ.
ދަރިވަރުންނަށް ޖަވާބު ދާރީވުން ލަސްވާތީ އެކަން އޮޅުންފިލުވަން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރުއާ ސުވާލު ހުށަހެޅުއްވީ މެންބަރު އަހުމަދު އަޒާން އެވެ.
އަޒާންއަށް ލިޔުމުން މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވީ ދުވާލަކަށް 600 އަށް ވުރެ ގިނަ ސިޓީ ނުވަތަ އީމެއިލް ލިބޭ ކަމަށެވެ.
އަދި މަސައްކަތްތަކުގެ ލޯޑު ބޮޑުވެ އެ ހުރިހާ ކަންކަމަށް ޖަވާބު ނުދެވޭކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރުވެސް ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ޕޯޓަލްއެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޮކްޓޫބަރުގައި އެ ޕޯޓަލްގެ ހިދުމަތް ފެށުން ދަރިވަރުންގެ ޖަވާބު ދާރީވުން ބޮޑުތަނުން އަވަސް ވެގެންދާނެކަން މިނިސްޓަރު ފާހަަގަ ކުރެއްވި އެވެ.
އަދި ދަރިވަރުންގެ ސުވާލުތަކަށް އަވަަހަށް ޖަވާބު ދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ކޯލް ސެންޓަރެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު