ހަޔާ އެޑިއުކޭޝަން މިނިސްޓަރު ހައިދަރު--
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ހައިދަރު--
މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންްގެ ތެރެއިން ސްޓޫޑަންޓް ލޯނާއި ސްކޮލަޝިޕްގައި ކިޔަވާ ދަރިވަރުންނަށް ޖަމާކުރަން ޖެހޭ ސްޓައިޕެންޑް އަދި ޓިއުޝަން ފީ ޖަމާކުރުން ލަސްވަނީ ދަރިވަރުންގެ ބޭންކު އެކައުންޓްގެ ފުރިހަމަ މައުލޫމާތު ހުށަނާޅާތީކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ދަރިވަރުންނަށް ފައިސާ ޖަމާކުރުން ލަސްވާތީ އެކަން އޮޅުންފިލުވަން ހަޔާ އެޑިއުކޭޝަން މިނިސްޓަރަށް ސުވާލު ހުށަހެޅުއްވީ ހިތަދޫ މަރަދޫ މެންބަރު އަހުމަދު އަޒާން އެވެ.

އަޒާންއަށް ލިޔުމުން މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވީ ފައިސާ ޖަމާކުރުން މައިގަނޑު ގޮތެއްގައި ލަސްވަނީ ފައިސާ ޖަމާކުރަން ހުށަހަޅާ ބޭރުގެ ބޭންކު އެކައުންޓްތަކުގެ މައުލޫމާތު ބައެއް ހާލަތްތަކުގައި ފުރިހަމަ ނުވުމުން ކަމަށެވެ.

އެހެންވެ މައުލޫމާތު ފުރިހަމަކުރަން އަލުން ދަރިވަރުންނާއި ޔުނިވާސިޓީއަށް އަންގާ ކަމަށާއި އެހެންވެ އަލުން އެ މައުލޫމާތުތައް ފުރިހަމަކޮށް މިނިސްޓްރިީއަށް ހުށަހަޅަން ވެސް ވަގުތު ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަމަަ އެހެންމެ ދަރިވަރު ކިޔަވާ ޔުނިވާސިޓީން އިންވޮއިސް ފޮނުވުން ލަސްވުމުން ވެސް ފައިސާ ޖަމާކުރުން ލަސްވެގެންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ދަރިވަރުން ބޭރަށް ކިޔަވަން ފުރުމުގެ ކުރިން ވަގުތު އޮއްވައި މިނިސްޓްރީއަށް އަންގައި ފުރާނަމަ ދެ މަސް ދުވަހަށް ވާވަރަށް ސްޓައިޕެންޑް އަދި އެހެނިހެން ފައިސާ ޔޫއެސް ޑޮލަރުން ދަރިވަރުންނާ ހަވާލުކުރަމުންދާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން