އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގައި ޕްރޮޕެއްލާ ގާޑު ހަރުކުރަން ޖެހޭ ގޮތަށް "ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ މެނޭޖްމަންޓް ޕްލޭނަށް އިސްލާހު ގެނެސްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި އެ އިސްލާހުގައި ބުނި ގޮތުގައި އަންނަ ފެބްރުއަރީ މަހުގެ އެއްވަަނަ ދުވަހުން ފެށިގެން ސަމްޕާ ސަރަަހައްދަށް ޑައިވިންއާއި ސްނޯކަލިންއަށް ދާން ހަރަކާތްތެރި ވެވޭނީ ޖެޓު އިންޖީނުލީ ނުވަތަ ޕްރޮޕެއްލާ ގާޑު ހަރުކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށެވެ.
އަދި ސަމްޕާ ސަރަހައްދަށް ވަނުމަށް ހުއްދަ ލިބިފައިވާ ފަރާތްތައް އެ ސަރަަހައްދަށް ވަނުމުގެ ކުރިން ރޭންޖަރުންނަށް އަންގައި އަދި ޓޫރިޒަމް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ލައިވް ލޮކޭޝަން ހިއްސާކުރަން ވެސް ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައި ވެއެެވެ.
"ކޮންޓެކްޓް ޒޯންގެ ތެރޭގައި އުޅަނދުފަހަރު ހަރަކާތްތެރިވާ އިރު ފެހުރިހި ބެލުމަށް ފަތުރުވެރިން މޫދަށް ބޭލުމަށް އުޅަނދު ކައިރި ކުރަންވާނީ ފެހުރިހި ދަތުރުކުރާ މަގަށް ހުރަސް ނޭޅޭ ގޮތަށެވެ. މިގޮތުން ފަރާވީ ފަޅިން ދޯނި ފެހުރިއްސާ ގާތް ކުރުމާ އެ ފަޅިން މީހުން ބޭލުމަކީ މަނާ ކަމެކެވެ." އިސްލާހުގައި ބުނެފައި ވެއެވެ.
ފެހުރިއްސަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަހެކެވެ. ނަމަވެސް ފަަހަކަށް އައިސް ފެހުރިހި ބަލަންދާ އުޅަނދުތަކުގެ ބުރަފަތިން އެ މަހަށް ގެއްލުންވާ މައްސަލަ ދަނީ ފެންމަތިވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު